logo

ދައުލަތުގެ އިމާރާތްތަކުގަ ހުޅުޖެހި ޒަމާން އިޔާދަ ކުރަން ނޫޅުއްވާ: މެމްބަރު ޝުޖާއު

profile

އައިމިނަތު ރޫޔާ - 29 ނޮވެމްބަރު 2024 - 13:15

ހުޅުމާލޭ ސިޓީ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު

ހުޅުމާލޭ ސިޓީ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު

ދައުލަތުގެ އިމާރާތްތަކުގަ ހުޅުޖެހި ޒަމާން އިޔާދަ ކުރަން ނޫޅުމަށް އިދިކޮޅު އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ.

ޝުޖާއު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ގާނޫނުއަސާސީއޭ ކިޔައިގެން އުޅެނީ ގައުމު ހަލަބޮލި ކުރަން ކަމަށާއި ކުރިން އުޅުނު ގޮތަށް އަލިފާން ބޯޅަ އުކައި،މިރުސްފެން ފުލުހުންގެ މޫނަށް ޖެހުމަށް ކަމަށެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ އެގޮތަށް އެކަން ނުވާނެ ކަމަށާއި،ޤާނޫނު އަސާސީ އާއި ހިލާފު ކަމެއް ކޮށްފިނަމަ ކޯޓަށް ދިއުމަށެވެ. އަދި މަގުމަތީގައި ކޯޓު ހަދައިގެން އުޅުން ޒަމާން މާޒީވެއްޖެ ކަމަށާއި، ގައުމަށް ބިލިއަން ޑޮލަރުގެ މަޝްރޫޢުތައް އަންނަން ފެށިވަގުތު މަގުމަތި ހަލަބޮލިކޮށް އެފުރުޞަތުން ދިވެހީން މަހުރޫމު ކުރިގޮތަށް ދެން އެކަމެއް ނުވާނެ ކަމަށެވެ.

" ޤާނޫނު އަސާސީއަށް ފައިން އަރާ،އެފޮތަށް އިހްތިރާމް ކުޑަކޮށް އެފޮތާ ސީދާ ދިމާ އިދިކޮޅަށް ޤައުމުގަ ވެރިކަން ހިންގައި ޤައުމުގެ ބައެއް ވިއްކާލާފަ ތިބެ މިގޮވަމީ ”ޤާނޫނު އަސާސީގެ ދިފާއުގައޭ“!؟" ޝުޖާއު

ޝުޖާއު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޓީވީ، އެމްއެމްޓީވީ އިފްތިތާހުކުރުމުން، އިދިކޮޅު އެމްޑީޕީ ބޭފުޅުންގެ ލޮލަށް ނިދިނައިސްގެން އުޅެނީ ކޮން ބިރުވެރިކަމެއް އޮވެގެންތޯ ސުވާލު ކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319