logo

އަޔަރލޭންޑުން ފުރަތަމަ ފަހަރަށް ފަލަސްތީނުގެ އެމްބަސެޑަރެއް ބަލައިގެންފި

profile

ސައިފް އަޒުހަރު - 05 ނޮވެމްބަރު 2024 - 23:32

ފަލަސްތީނުން އަޔަރލޭންޑަށް ކަނޑައެޅި ފުރަތަމަ އެމްބަސެޑަރ ޖީލާން ވަހްބާ އަބްދަލްމާޖިދު (ކ)

ފަލަސްތީނުން އަޔަރލޭންޑަށް ކަނޑައެޅި ފުރަތަމަ އެމްބަސެޑަރ ޖީލާން ވަހްބާ އަބްދަލްމާޖިދު (ކ)

ރިޕަބްލިކް އޮފް އަޔަރލޭންޑުން ފުރަތަމަ ފަހަރަށް ފަލަސްތީނުގެ އެމްބަސެޑަރެއް ބަލައިގެންފިއެވެ.

ފަލަސްތީނު ސަރުކާރުގެ ބޭފުޅަކު އަޔަރލޭންޑް ސަރުކާރުން މި ބަލައިގަތީ ފުރިހަމަ އެމްބަސެޑަރެއްގެ ގޮތުގައެވެ.

އަޔަރލޭންޑް ސަރުކާރުން ފަލަސްތީނު އެމްބަސެޑަރުގެގޮތުގައި ބަލައިގަތީ ޖީލާން ވަހްބާ އަބްދަލްމާޖިދުއެވެ.

އެމްބަސެޑަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެކުރިން ޖީލާން ވަހްބާ އަބްދަލްމާޖިދު ހުންނެވީ، އަޔަރލޭންޑްގައި ހުންނަވާ ފަލަސްތީނު ހެޑް އޮފް މިޝަންގެ ގޮތުގައެވެ.

އަޔަރލޭންޑް ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކޮށް އެކަން އިއުލާން ކޮށްފައިވަނީ މިއަހަރުގެ މެއިމަހުއެވެ.

އަޔަރލޭންޑް ސަރުކާރުން ކުރި އިއުލާނުގައި ބުނެފައިވަނީ، ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރި ހިމެނޭގޮތުން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްކަމަށް އަޔަރލޭންޑުން ބަލައިގަންނަ ކަމަށެވެ.

އަދި ފަލަސްތީނު ސަރުކާރާއެކު ފުރިހަމަ ސިޔާސީ ގުޅުން ގާއިމްކުރުމަށްވެސް ނިންމައި އެކަން ހާމަކުރިއެވެ.

އަޔަރލޭންޑްގެ އިތުރުން، ސްޕެއިނާއި ނޯރވޭއިންވެސް ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށް އެކަން އިއުލާންކުރީ އެއް ދުވަހެއްގައެވެ. އޭގެފަހުން ސްލޮވީނިއާ އާއި މޯލްޓާއިންވެސް ވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށްފައެވެ.

27 މެމްބަރު ގައުމު ހިމެނޭ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ތެރެއިން ސްވިޑަން، ސައިޕްރަސް، ހަންގޭރީ، ޗެކް ރިޕަބްލިކް، ޕޯލެންޑް، ސްލޮވާކިއާ، ރޫމޭނިއާ އަދި ބަލްގޭރިއާއިން ކުރިންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319