
އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ސައިފް އަޒުހަރު - 21 ނޮވެމްބަރު 2024 - 15:07
އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޔަމިން ނަތަމްޔާހޫ ހައްޔަރުކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ނަތަންޔާހޫގެ އިތުރުން، ޑިފެންސް މިނިސްޓަރަކަށް ކުރިން ހުރި ޔޮއާވް ގަލަންޓް ހައްޔަރު ކުރުމަށްވެސް އައިސީސީން އަމުރު ނެރެފައިވެއެވެ.، ނަތަންޔާހޫވަނީ މި މަހުގެ ކުރީކޮޅު ގަލަންޓް މަގާމުން ދުރުކޮށްފައެވެ.
ނަތަންޔާހޫއާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން މި ނެރުނީ، ކޯޓަށް ހުށަހެޅުނު މައްސަލަ ތަހްގީގު ކުރުމަށްފަހު އަމުރު ނެރުމާމެދު މަހެއްހާ ދުވަހު ފުންކޮށް ވިސްނުމަށް ފަހުއެވެ.
އައިސީސީން މިފަދަ އަމުރެއް މި ނެރުނީ، އެކަން ނުކުރުމަށް އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުން ކޯޓަށް ބޮޑެތި ބިރުދެއްކުންތައް ކުރިއަށް ގެންދަނިކޮށްވެސްމެއެވެ.
ނަތަންޔާހޫއާއި ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހާއި، 2024 ވަނަ އަހަރުގެ މެއިމަހުގެ 20 ވަނަ ދުވަހާ ދެމެދު ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލައިގައި ކަމަށް އައިސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، ޣައްޒާގެ އާންމުންނަށް، ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެތިން މަހުރޫމްކޮށް، ކާނާއާއި ފެނާއި ބޭހާއި ސިއްހީ ސާމާނު އެތެރެކުރިޔަނުދީ، އަދި ކަރަންޓް ކަނޑާލައި ތެޔޮ އެތެރެކުރުން، ނަތަންޔާހޫއާއި ގަލަންޓް ހުއްޓުވީ ގަސްތުގައި ކަމަށް ގަބޫލު ކުރެވޭ ވަރަށް ހެކިތައް ކޯޓަށް ލިބިފައިވާ ކަމަށެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އިހްތިސާސްއާ ގުޅޭގޮތުން އިސްރާއީލުން ހުށަހަޅާފައިވާ މައްސަލައަށް ރައްދުދެމުން އައިސީސީގެ ބަޔާނުގައި ބުނެފައިވަނީ، ކޯޓުގެ އިހްތިސާސް އިސްރާއީލުން ގަބޫލުކުރުން އެއީ ކޯޓަށް މުހިންމު ކަމެއް ނޫން ކަމަށެވެ.
ނަތަންޔާހޫއާއި، ގަލަންޓުގެ އިތުރުން، ންޓަރނޭޝަނަލް ކްރިމިނަލް ކޯޓުންވަނީ، ހަމާސްގެ ލީޑަރެއް ކަމަށްވާ މުހައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ ހައްޔަރު ކުރުމަށްވެސް އަމުރު ކޮށްފައިވެއެވެ.
ނަތަންޔާހޫއާއި، ގަލަންޓް ހައްޔަރުކުރަން އައިސީސީން އަމުރުކުރުމުން އިސްރާއީލުގެ ވެރިންނާއި، އެމެރިކާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ކޯޓުގެ އަމުރާ ދެކޮޅު ހަދަމުން އެބަގެންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގާޒާ އަށް ހަމަލާދޭތީ އިސްރާއީލަށް އެހީ ނުވާން އެމެރިކާގެ މަޖިލީހަށް ހުށައެޅި އިސްލާހަށް ބޮޑު ތާއީދެއް ލިބިއްޖެ!
11 ގަޑިއިރު ކުރިން

އިސްރާއީލުގެ ވިޔަފާރިތަކަށް ދަތިކުރަން އީޔޫގެ ގައުމުތަކުން މަޝްވަރާ ކުރަންފަށައިފި!
3 ދުވަސް ކުރިން

އިސްރާއީލުން މަސްޖިދުލް އިބްރާހީމީ މިސްކިތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ
13 ދުވަސް ކުރިން

އިސްރާއީލުން ހުޅަނގު އައްސޭރީގައި އަލަށް 13 އާބާދީއެއް ގާއިމުކުރަނީ
13 ދުވަސް ކުރިން


.gif&w=3840&q=75)