
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރާ މައްސަލަ ކޯޓުން ބަލައިގެންފި

ޝުރުފާ މުހައްމަދު - 27 ނޮވެމްބަރު 2024 - 13:48
ރާއްޖޭގެ ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
މި މައްސަލައް ސުޕްރިމް ކޯޓަށް ހުށަހެޅީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ. މެމްބަރު އަލީ ހުސައިން މި މައްސަލަ ހުށަހެޅުއްވީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
މައްސަލަ ހުށަހެޅުއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށް ވާތީ އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށް ބުނެފައެވެ.
މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ އަށް އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓުން ވަނީ ތަދައްހުލްވެފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު އެވެ. ގާނޫނު އަސާސީ އަށް ގެނައި އިސްލާހުގެ ދަށުން، ގޮނޑި ގެއްލުމުގެ އިތުރުން ވެސް ކަންތައްތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް އޮންނަ މާއްދާ އިސްލާހުކުރާ ނަމަ، އެކަމަށް ވެސް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވެ އެވެ.
މި އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އެއް ދުވަހުގެ ތެރޭގައި ނިންމާލާ، ހަމަ އެ ރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިސްލާހު ތަސްދީގުކުރައްވާފައެވެ. މި އިސްލާހަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔަމުން އަންނައިރު، އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހަށްވެސް އިންތިޚާބުވި މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެމްބަރަކު ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ފަދަ ބިލެއް ވައްދައި އެ ބިިލް ފާސްކޮށްފައިވެއެެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި
7 ގަޑިއިރު ކުރިން

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
10 ގަޑިއިރު ކުރިން

ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
10 ގަޑިއިރު ކުރިން

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)