
ވަރިވާން ދިޔަ އިތުރު އަންހެނަކަށް ޤާޟީ ގުޅި މައްސަލައެއް ވަނީ ފެންވަތިވެފައި
ގާޒީ ޢަލީ އާދަމްގެ މައްސަލަ ބަލާ ކޮމެޓީ ސިއްރުކޮށްފި

އަހުމަދު ޒަލީފު - 29 ނޮވެމްބަރު 2023 - 09:10
ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމުގެ ތުހުމަތު ކުރެވޭ ހދ. ކުޅުދުއްފުށި ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާ ޖުޑިޝިއަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މީގެ ކުރިން ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި އަލީ އާދަމުގެ މަގާމުގެ ދަރަޖަ ވަނީ ދަށްކޮށްފައެވެ.
ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވިދާޅުވީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އޭނާގެ އިއުތިރާފުން ސާބިތުވާކަމާއި، އަދި އޭނާ ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ސާބިތުވެފައިވާ ކަމަށެވެ.
މިއަދު 10:00 ޖެހިއިރު، ފެށި އެ ކޮމެޓީއަށް އަލީ އާދަމް ވަނީ ވަޑައިގެންފައެވެ. މީގެ ކުރިން އެ ކޮމެޓީއަށް އޭނާ ހާޒިރުވެފައެއް ނުވެއެވެ. އެހެންވެ މިއަދަށް އެންމެ ފަހު ފުރުސަތުދިންއިރު، އެ ކޮމެޓީ ފައްޓަވަމުން މުގައްގަރިރު ވިދާޅުވީ، ކަމާއި ބެހޭ ފަރާތްތައް ގެނެސްގެން ސުވާލު ކުރާއިރު، ނަންތައް ކިޔަން ޖެހޭތީ، މެންބަރުން އިއުތިރާޒު ނުކުރާނަމަ ކޮމެޓީ ސިއްރު ކުރަން ބޭނުންވާ ކަަމަށެވެ. އަދި މެންބަރުންގެ ހުއްދައާއެކު އެ ޖަލްސާ ވަނީ ސިއްރު ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރަން ފަށައިފި
9 ގަޑިއިރު ކުރިން

މާލީ ދާއިރާ ތަރައްގީކުރަން އިންޑިއާއިން ދަނީ ރާއްޖެއަށް އެހީތެރިވަމުން: އިންޑިއާ ސަފީރު
12 ގަޑިއިރު ކުރިން

މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަނީ
12 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)