
ޤާޞިމްގެ ސްޕެޝަލް އެންވޯއީގެ މަޤާމު ފުރުއްްވި އިލްހާމް
ޤާސިމަކީ ވަރަށް ހެޔޮ އިންސާނެއް - އިލްހާމް

އަހުމަދު ޒަލީފު - 22 ސެޕްޓެމްބަރު 2023 - 14:22
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށްވުރެ ހެޔޮ އިންސާނަކު ނުހުންނާނެ ކަމަށް ގާސިމްގެ ސްޕެޝަލް އެންވޯއީ އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
މޭވެޔޮ މަގުގައި ހުންނަ އެމްޑީޕީ ހުވަދޫ ޖަގަހަައިގައި ރޭ ކުރިއަށްގެންދިޔަ ޖަލްސާގައި އިލްހާމް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ. އޭގެ ކުރިން ވެސް އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ތާއީދު ކުރަނީ ރައީސް ސޯލިހަށްކަން ހާމަކޮށްފައެވެ.
އިދިކޮޅު ޕީޕިއެމުން ވެސް ބޮޑެތި ހުށަހެޅުންތަށް ލިބުނު. ނަމަވެސް އެ ޕާޓީއަށް ނުދިޔައީ އެޕާޓީގެ ކުރިމަގު އޮތީ ނާމާންކަމާއި ބިރުވެރިކަމުން ފުރިފައިވާތީ. އަދި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އަޅުގަނޑު މަސައްކަތް ކުރިން. ނަމަވެސް އިދިކޮޅުން ހުށަހެޅި ހުރިހާ ކަމަކަށް އަޅުގަނޑު ދެންނެވީ ސޮރީ." އިލްހާމް ވިދާޅުވިއެވެ.
އިދިކޮޅުން ވެރިކަމަށް އަތުވެއްޖެނަމަ ހައްޔަރުކުރަންޖެހޭ މީހުންނާއި އެޕާޓީގެ މެންބަރުންގެ ތެރެއިންވެސް މަޖިލީހުން ޖާގަ ނުދީ ކަޓުވާލާނެ މެންބަރުންގެ ލިސްޓެއް އެކުލަވާލާފައިވާ އިލްހާމް ވިދާޅުވިއެވެ. ޔާމިންގެ ވެރިކަމުގައި އަނިޔާ ލިބުނު އެއްވެސް އާއިލާއަކުން އިދިކޮޅުން ވެރިކަމަށް އައުމަށް ނޭދޭނެ ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމްގެ ވެރިކަމެއްގައި ފުލުހުންނާއި ކޯޓުތަކަށްވެސް ޣައިރު ގާނޫނީ އަމުރުތައް ތަންފީޒުކުރުން ނޫންކަމެއް ކުރަން ނުޖެހޭނެ. ފުލުހުންނަށް ޖެހޭނީ ޣައިރު ގާނޫނީ އަމުރަށް ކިޔަމަންތެރިވެގެން ހުރެ، ފުރާޅުން ޓިނު ނަގައި، މީހުން ހައްޔަރުކުރަން. ކޯޓުގެ ފަނޑިޔާރުންނާ އެތާ ތިބޭ މުވައްޒަފުންނަށް ޖެހޭނެ ކަމަކީ ރޭގަނޑު ހޭލާ ތިބެގެން ފަހަރަކު އަމުރެއް, ފަހަރަކު އަމުރެއް ނެރުން. ރަންކޮޅާ މި ނޫން އެއްވެސް ގޮތެއް ނޯންނާނެ" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ އިދިކޮޅުގެ ވެރިކަމެއްގައި ދެކިފައިވާ މަންޒަރު އަލުން ދެކެން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހުރިހާ ފަރާތްތަކުން ވެސް ރައީސް ސޯލިހަށް ވޯޓު ދިނުމަށް އިލްހާމް ގޮވާލެއްވެވިއެވެ.
ގުޅުން ހުރި ޙަބަރުތައް
ސިއްޙީ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން މަސައްކަތްތަކެއް އެބަކުރަން: އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް
11 ގަޑިއިރު ކުރިން

ސީވީއެފްގެ ވަޒީފާގެ ދައުރު ނިންމައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
ދުވަހެއް ކުރިން
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މާދަމާ ކުރިއަށްދާނެ: އީސީ
2 ދުވަސް ކުރިން

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ ޕާކިންގ ޒޯނަކާއި އެކު: ހައުސިންގ މިނިސްޓްރީ
2 ދުވަސް ކުރިން


.gif&w=3840&q=75)