
މިއަދުގެ ސެޓެލައިޓު ފޮޓޯ
އިރުއޮއްސި 6 އާ ހަމައަށް މޫސުން: ކަނޑުތައް ވަރަށް ގަދަ

އާމިނަތު ޝަފާ - 15 އޯގަސްޓު 2024 - 04:49
މިއަދު އިރުއޮއްސި 6 އާ ހަމައަށް މުޅި ރާއްޖޭގެ ކަނޑުތަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މިއަދުގެ މޫސުން ލަފާކޮށް އެ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރަނީ ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާ 23 މޭލު ބާރުމިނުގައިކަމަށާއި ވިލާގަނޑުގައި 45 މޭލާއި 50 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.
މެދުރާއްޖެތެރެއާއި އުތުރަށް ކަނޑުތައް ވަރަށް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
ރާޅުގެ އުސްމިން ހުންނާނެކަމަށް އެ އިދާރާއިން ލަފާކުރަނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި 7 ފުޓާއި 9 ފޫޓުގެ އުސްމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި 5 ފޫޓާއި 7 ފޫޓުގެ އުސްމިނުގައެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާފާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ މިއަދުވެސް އިލްތިމާސްކޮށްފައެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ އިދާރާތައްވަނީ ސަމާލުކަމަށް އައިސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޒިންމާދާރު ކަމާއެކު އިންސާފުވެރި ނޫސްވެރިކަމެއް ކުރުމަށް ގޮވާލަން: ސާޖިދާ
2 ގަޑިއިރު ކުރިން

އަހުލާގީ މިންގަނޑުތަކުން ޙަބަރު ފެތުރުން މުހިންމު: ރައީސް
2 ގަޑިއިރު ކުރިން

ރާއްޖޭގެ 10 ރަށެއްގައި ނޭޗާ ޕާކު ތަރައްގީކުރަނީ
20 ގަޑިއިރު ކުރިން

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފި!
20 ގަޑިއިރު ކުރިން


.gif&w=3840&q=75)