
ރައީސް ޔާމީން : ފޮޓޯ އަވަސް
ރައީސް ނަޝީދާ ބައްދަލު ކުރަން ޔާމީން ބޭނުމެއް ނުވި!

އަހުމަދު ޒަލީފު - 17 ސެޕްޓެމްބަރު 2023 - 11:33
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް މަޝްވަރާ ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމްގެ އަރިހަށް ވަޑައިގެންނެވުމަށް އެދުމުން ބައްދަލު ކުރައްވަން އިއުތިރާޒު ކުރެއްވުމުން ބައްދަލުވާ ގޮތެއް ނުވިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީން ނަޝީދާއި ބައްދަލު ކުރައްވަން އިއުތިރާޒްވުމުން، އެކަން ލިޔުމުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާނެ ކަމަށެވެ.
ނަޝީދު އިއްޔެ ވިދާޅުވީ މިއަދު ހުއްޓިގެން ތިބީ ފަސޭހަ ހަތަރުއަގޯޅިއެއްގެ ކަންމަތީގައި ނޫން ކަމަށެވެ. ގައުމު މިހާރު އޮތް ހާލަތުން އަނެއް ހާލަތަށް ބަދަލުވާ ދަނޑިވަޅުތަކެއް އަބަދުވެސް އެމަނިކުފާނު ހިތަށް އަރާވަޑައިގަންނާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވާ ގާނޫނު އަސާސީއާ އެއްގޮތަށް ވޯޓުލުން ގެންދަނީ ކުރިއަށް ކަމަށާއި އެހެންނަމަވެސް ސަރުކާރު އުފައްދަމުން އަބަދުވެސް އަނަންނަނީ ގާނޫނު އަސާސީގައި އޮތް ގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ. ފުރަތަމަ ބުރު ނިމުނު އިރުގައި އެއްވެސް ޕާޓީއެއްގެ އެއްވެސް ބޭފުޅަކަށް އަގުލަބިއްޔަތެއް ނުލިބުނު ކަމަށާއި މިއީ މިދިޔަ އެހެން އިންތިހާބުތަކުގައި ވެސް އެކަން ހިނގާފައިވާ ގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ޕީޕީއެމްއިން ޑިމޮކްރެޓުން ކައިރީގައި ބުނެފައިވަ އޮތީ މި ޕާޓީއިން ދައްކާ ވާހަކަތަކަށް އެ ބޭފުޅުން އެއްބަހޭ. ނަމަވެސް އެއްޗެއްގައި ސޮއިކުރުމާ ގުޅޭގޮތުން އެ ބޭފުޅުން އިއުތިރާޒް ކުރޭ. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ހުރިހާ މެންބަރުން ވެސް ބޭނުންވެލައްވާނެ ވެވިފައިވާ އެއްބަސްވުމަކީ ކޮބައިތޯ އެނގެން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ރައްޔިތުން ގެންނަން ބޭނުންވާކަން ކުރިއަށް އޮތްތާއި ހާމަވެގެންދާނެ ކަމަށެވެ. ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަ އިރުގައި ކުރީގެ ރައީސް ޔާމީންއާ ވެސް މިކަމުގައި މަޝްވަރާކުރުން ބޭނުންތެރި ކަމަށް ވިދާޅުވިއެވެ
ގުޅުން ހުރި ޙަބަރުތައް

20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތް ހަދައިފި
6 ގަޑިއިރު ކުރިން
.avif&w=3840&q=75)
ފީނަން ގޮސް އުޅުނު މީހާކު ނިޔާވެއްޖެ
6 ގަޑިއިރު ކުރިން

އެމްޑީޕީ އަދި މުސަޅު ހެދިގެން އުޅޭކަށް ނުވެ އެވެ!
ދުވަހެއް ކުރިން
ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ: ސަރުކާރު
ދުވަހެއް ކުރިން


.gif&w=3840&q=75)