
ސީޕީ ނަވީން ރިޓަޔަރ ކުރައްވައިފި

މުޙައްމަދު ފަޟްލޫން - 18 ފެބްރުއަރީ 2026 - 17:49
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔަރ ކުރައްވައިފިއެވެ.
31 އަހަރަށް ފަހު ފުލުހުންގެ ހިދުމަތުން އަދި ކޮމިޝަނަރ ގެ މަގާމުން ނަވީން ރިޓަޔަރ ކުރައްވާފައިވާކަން ވަނީ އާއްމުކުރައްވާފައެވެ.
މީސް މީޑިއާގައި ނަވީން ވަނީ އޭނާ ރިޓަޔަރ ކުރައްވާފައިވާކަން ހާމަކޮށްފައެވެ.
ފުލުހުންގެ ހިދުމަތުން ރިޓަޔަރ ކުރެއްވި ނަމަވެސް އެ ހިދުމަތުގެ ބެޖަށް ކުރާ އިހްތިރާމާއި މުއައްސަސާއަށް ކުރާ އިތުބާރާއި ގައުމަށް އޮތް ލޯބި އެގޮތުގައި ދެމި އޮންނާނެ ކަމަށްވެސް ނަވީން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މުއައްސަސާއަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ލިބުނު ފަހުރެއް ކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަނު ކުރެއްވީ 10 ޖޫން 2025 އެވެ.
މަގާމަށް އައްޔަނު ކުރެއްވުނު އިރު ނަވީން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.
ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަގާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަގާމު ފުރުއްވާފަ އެވެ.
ނަވީން އަކީ މި ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެއްވި ދެ ވަނަ ބޭފުޅާ އެވެ.
ނަވީންގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ އަލީ ޝުޖާއު އެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވާ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވަނީ ހުސްވި އަހަރުގެ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަދު ބާއްވާ ހުރިހާ އިންތިހާބެއްގެ ނަތީޖާ އިއުލާންކުރާނީ ވަކިވަކިން، ފުރަތަމަ އިއުލާން ކުރާނީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ
ގަޑިއިރެއް ކުރިން
ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ފުރުސަތު އޮންނާނެ: އީސީ
ގަޑިއިރެއް ކުރިން
ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީ ކުރުމުގެ 3 ވަނަ ފިޔަވަހި މަސައްކަތް ފަށައިފި
8 ގަޑިއިރު ކުރިން

އުތީމުގައި ގުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި
12 ގަޑިއިރު ކުރިން


.gif&w=3840&q=75)