
---
ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކި ރަށްތަކަށް ޖަނަރޭޓަރުތައް ގެންދަނީ

އަހުމަދު ޒަލީފު - 23 މާރިޗު 2024 - 00:41
ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކި ރަށްތަކަށް ޖަނަރޭޓަރުތައް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ 6 ރަށަކަށް ޖަނަރޭޓަރުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށެވެ.
ޖަނަރޭޓަރުތައް ފޮނުވާ ރަށްތަކާއި ތަފްސީލު:
1- 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހޯދައި، ހދ.ވައިކަރަދޫއަށް ދަތުރުކުރާ އުޅަނދަކަށް ވަނީ ބަރުކޮށްފައި
2- ގދ.ހޯޑެއްދޫއަށް ބޭނުންވާ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ހޯދައި، އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން
3- ހއ. ދިއްދޫގެ 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ކަސްޓަމްސް ކްލިއަރެންސްގައި
4- އައްޑުއަށް ބޭނުންވާ 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ކަސްޓަމްސް ކްލިއަރެންސްގައި
5- ކުޅުދުއްފުއްޓަށް ބޭނުންވާ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ކަސްޓަމްސް ކްލިއަރެންސްގައި
6- ރ.މީދޫއަށް ބޭނުންވާ 800 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރު ވެސް ކަސްޓަމްސް ކްލިއަރެންސްގައި
މުއާޒް ވިދާޅުވީ އުންމީދު ކުރަނީ ކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި މި ހުރިހާ ޖަނަރޭޓަރެއް ވެސް އެ ރަށްރަކުގައި ބެހެއްޓިގެންދާނެ ކަމަށެވެ.
ފެނަކައިން މި މަސައްކަތް ކުރަމުންދާއިރު މިއީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއިއެކު މި ދުވަސްވަރު ކަރަންޓު އިގްތިސޯދު ކުރެއްވުމަށް ހާއްްސަ ސަމާލުކަމެއް ދެއްވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހްމީ ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުތަކާއި ގުޅޭ ކަންބޮޑުވުން އެމްޑީޕީ އިން އީސީ އާއި ހިއްސާކޮށްފި
3 ގަޑިއިރު ކުރިން

މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި
3 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ތާށިކަމެއް ނެތް، ރައީސްގެ އަމާޒަކީ ތެލުގެ އަގުބޮޑުވިޔަ ނުދިނުން: ވަޒީރު ޒަމީރު
6 ގަޑިއިރު ކުރިން

ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)