
---
4 އަތޮޅުގައި ހައިބްރިޑް ކަރަންޓުގެ ނިޒާމު ގާއިމުކުރަނީ

އަހުމަދު ޒަލީފު - 21 ޖެނުއަރީ 2024 - 20:17
ހަތަރު އަތޮޅެއްގައި އިއާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ކަރަންޓުގެ ނިޒާމު ގާއިމު ކުރުމަށް އެންވަޔަރްމަންޓް މިނިސްޓްރީން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅުތަކުގެ މީހުން ދިރިއުޅޭ 30 ރަށެއްގައި ގާއިމު ކުރާ އިއާދަކުރުވަނިވި ހަކަތައިގެ ހައިބްރިޑް ކަރަންޓުގެ ނިޒާމުގެ ގާއިމު ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް ހެވީ މެޝިނަރީ ކޯޕަރޭޝަން އަދި ސިނޮސާ ކޮންސޯޓިއަމްއާއެވެ.
މިއީ އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރަށްރަށުގައި 5.88 މެގަވޮޓްގެ ސޯލާ ޕީވީ އަދި 4.45 މެގަވޮޓް އަވާގެ ބެޓްރީ އެނާޖީ ސްޓޯރޭޖް ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ ދަށުން މި ރަށްރަށުގެ ކަރަންޓު އުފައްދާ ވަސީލަތްތައް ތަރައްގީ ކުރެވިގެންދާއިރު، އެ ތަންތަނަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ނިޒާމުތައް ގާއިމުކޮށް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ބެލެހެއްޓޭނޭ ގޮތަށް އެނިޒާމުތައް ފުރިހަމަ ކުރެވޭނެއެވެ. އެތަންތަނުގެ މުވައްޒަފުންވެސް އެނިޒާމުތަކަށް އަހުލުވެރިކުރުވުމަށްޓަކައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ތަމްރީނު ކުރަން ހަމަޖެހިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އިން ވީއައިއޭއިން މަރުހަބާ ކިޔައިފި
6 ގަޑިއިރު ކުރިން

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވީއައިއޭގެ ދަތުރުތައް އަލުން ފަށައިފި
6 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރަށް!
7 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ތިނަދޫ ސިޓީ މިއުޒިއަމް މަރާމާތު ކުރާނެ ފައިސާ ސަރުކާރުގައި ނެތް: މޭޔަރ ސައުދު
8 ގަޑިއިރު ކުރިން


.gif&w=3840&q=75)