
ޢުމަރު ނަޞީރުވެސް ފޯމު ހުށަހަޅައިފިއެވެ.
އިންތިހާބުގައި ވާދަ ކުރުމަށް އުމަރު ނަޞީރު ފޯމު ހުށަހަޅައިފި

އަހުމަދު ޒަލީފު - 07 އޯގަސްޓު 2023 - 10:11
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އުމަރު ނަޞީރު ފޯމު ހުށަހަޅައިފިއެވެ.
އުމަރުގެ ކެންޑިޑަސީ ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ 1500 މީހުންގެ ސޮއި ބޭނުންވާނެއެވެ. އުމަރު އެންމެ ފަހުން ހާމަކުރެއްވިގޮތުގައި އިންތިހާބަށްވަނީ 2000 އަށްވުރެއއް ގިނަ ސޮއި ހަމަކުރައްވާފައެވެ.
އުމަރު އަންނަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައްވެސް ބާރަށް ކުރިއަށް ގެންދަމުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާއިރު، އިންތިހާބުގައި ވާދަކުރައްވާ ގިނަ ފަރާތްތަކެއް މިއަދު ވަނީ އީސީއަށް ފޯމު ހުށަހަޅުއްވާފައެވެ.
މިއީ ރިޔާސީ އިންތިހާބުގައި އުމަރު ކުރިމަތިލައްވާ ދެވަނަ ފަހަރެވެ. އުމަރު ވާދަ ކުރައްވާފައިވަނީ 2008 ވަނަ އަހަރު ބޭއްވި އިންތިހާބާއި 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައެވެ. ނަމަވެސް ލިބުނު މަދު ވޯޓުން އިންތިހާބު ކާމިޔާބު ކުރެވޭ ގޮތެއް އުމަރަކަށް ނުވިއެވެ.
އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން މިއަދު މެންދުރު 14:00 ގައި ހަމަވާއިރު، މިހާތަނަށް ފޯމު ހުށަހަޅާފައި ނުވަނީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ފާރިސް މައުމޫނެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޓްސްއެޕްގެ ސީއީއޯ އަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި
2 މިނިޓު ކުރިން

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
2 މިނިޓު ކުރިން

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ، ޝުކުރު ދަންނަވައިފި
3 މިނިޓު ކުރިން

ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)