
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް
އަރަބިއްޔާ ސްކޫލް ދަރުމަވަންތަ ހިންގަމުން އައި އިމާރާތަށް ބަދަލުކުރަނީ

ޔޫޝައު ހަސަން - 26 ޖޫން 2023 - 05:54
މި އަހަރުގެ ދިރާސީ އާ އަހަރަށް އަރަބިއްޔާ ސްކޫލް ގެ ކިޔެވުން ދަރުމަވަންތަ ސްކޫލް ހިންގަމުން އައި އިމާރާތަސް ބަދަލުކުުރުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މި ގޮތަށް ނިންމި އިރު ދަރުމަންތަ ސްކޫލްގެ އާ އިމާރާތް ދިރާސީ އާ އަހަރާ އެކު ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރިން ބުނީ އަރަބިއްޔާ ސްކޫލް މި އަހަރު ދަރުމަވަންތަ އިމާރާތަށް ބަދަލުވުމަކީ އެ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއްގެ އިތުރުން ބެލެނިވެރިންނަށް ވެސް ލިބޭ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.
އަރަބިއްޔާ ސްކޫލަކީ އެތަނުގެ ހާލަތާ މެދު އަބަދު ބެސް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަންދާ ސްކޫލެކެވެ.
އަރަބިއްޔާ ކުރިން ހިންގި އިމާރާތުގައި ރެނދުލައި އެތަން ރައްކާރި ނޫން ކަމަށް ފެންނާތީ އެންމެ ފަހުން ސްކޫލް ހިންގީ އެމްޓީސީސީ ސޯމިލް އިމާރާތުގައެވެ.
ކުރީގެ ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަރަބިއްޔާ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ އަންނަ އަހަރަށް މަސައްކަތް ނިންމާގޮތަށެވެ.
އެއްވެސް ދަރުކާރެއްގައި އަރަބިއްޔާ ސްކޫލަށް އެންމެ އެކަށީގެން ވާ ވަރަށް އަޅާނުލެވި، އަރަބިއްޔާ ސްކޫލުގެ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާއި އަންނަނީ ކުރިމަތިލަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭއާ ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފި
ގަޑިއިރެއް ކުރިން

ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
ގަޑިއިރެއް ކުރިން

ސުވަދުންމަތީ އެއްބައިވަންތަކަން ބައިބައިކުރުމަށް ދަމާލި ރޮގު ބަދަލުކުރަން ހުށަހަޅާނަން: ސައުދު
6 ގަޑިއިރު ކުރިން

ތިނަދޫ ސިޓީގައި ޒަމާނީ ސިލިޕްވޭ އެއް ހެދިގެން ދިއުމަކީ އެތައް ބައެއްްގެ އުންމީދު: ސައުދު
6 ގަޑިއިރު ކުރިން


.gif&w=3840&q=75)