logo
---

---

އީދު ބަންދުގައި މޫސުން ރަނގަޅު ވާނެ

profile

އަހުމަދު ޒަލީފު - 13 ޖޫން 2024 - 11:44

އީދު ދުވަހާއެކު ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

https://wamco.com.mv/

މެޓް އޮފީހުން މިއަދު ބުނީ އީދު ދުވަހާއިއެކު، ކުރިއަށް އޮތް ފަސް ދުވަހު ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އެ ރަށްތަކަށް ވެސް ދުވަހުގެ ބޮޑު ބައިގައި މޫސުން ރަނގަޅު ވާނެ ކަމަށެވެ.

އީދު ބަންދުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 18-8 މޭލު ބާރުމިނުގަ އެވެ. އެހެންކަމުން ކަޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ފަސް ފޫޓާއި ތިން ފޫޓާއި ދެމެދުގަ އެވެ.

އީދު ދުވަހަކީ މިމަހުގެ 16 ވަނަ ދުވަހެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk