
މެމްބަރު އާޒިމް
މޮޅު ނަން ނަން ކިޔައިގެން އެމްޑީޕީން ކުރާކަމަކީ ގައުުމު ލޫޓުވާލުން: މެމްބަރު އާޒިމް

އާމިނަތު ޝަފާ - 06 ޖުލައި 2024 - 08:04
މޮޅު ނަން ނަން ކިޔައިގެން އެމްޑީޕީން ކުރާކަމަކީ ގައުުމު ލޫޓުވާލުންކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީ ސަރުކާރުގައި ވައުދުވީ އެއްވެސް ގޭދޮށު މަސްފެކްޓަރީއެއް ގާއިމްވެގެންދިޔަތޯ ސުވާލު އުފައްދަވާފައެވެ.
މެމްބަރު ވިދާޅުވީ މިކަހަލަ ކަންކަމަށް ބަލާލުމުން އެނގިގެންދަނީ މޮޅެތި ނަންނަން ކިޔައި ވެރިކަމަށް އައިސް އެ ޕާޓީން ގައުމު ދައރުވާލާފައިވާކަންކަމަށެވެ.
އެގޮތުން ގޭދޮށު މަސް ފެންޓަރީ، އެޖެންޑާ 19، ރަށްވެހި ފަތިސް، އަމާން ދިވެހިރާއްޖެ ނޫ އިގްތިޞާދު ފަދަ މޮޅެތި ނަންނަން ކިޔައި ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ތިޖޫރީގައި އޮންނަ ލާރިކޮޅު ދަވާލާކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.
މިދިޔަ އަހަރު އެމްޑީޕީއަށް ވެރިކަން ދިފާއު ކުރެވުނުނަމަ މަހުގެ އަގު އަދިވެސް ހުންނާނީ 25 ރުފިޔާގައި ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވުމުން އާޒިމް ވިދާޅުވީ 2023 ގައި އެމްޑީޕީ އަށް ވެރިކަން ލިބުނުނަމަ ރާއްޖެ މިއަދު އޮންނާނީ އަވައްޓެރި ސްރީލަންކާ އަށް ދިމާވިފަދަ ހާލަތެއްގައިކަމަށެވެ.
ނިމިދިޔަ ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް 18 ރުފިޔާއިން 15 ރުފިޔާއަށް ހުރި މަސް ކިލޯ 25 ރުފިޔާއަށް ހެދުމަށްފަހު 500 މިލިޔަނުން ދަރުވާލިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްފަންނުގައި “ބްރޭކްވޯޓާ ރީޕްރޮފައިލް” މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ގަޑިއިރެއް ކުރިން

ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް އަށް ހުޅުވާލައިފި
ގަޑިއިރެއް ކުރިން

ރޭސިންގ ޓްރެކް އަޅަން ބިން ހިއްކާ ސަރަޙައްދުގެ ހިމާޔަތަށް ބޭނުންވާ ބޮޑުހިލަ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
ގަޑިއިރެއް ކުރިން

ހުޅުމާލެ ފޭސް 2 ގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަޝްވަރާކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)