
ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވާން މަޖިލީހުން ފާސްކޮށްފި

އަހުމަދު ޒަލީފު - 11 ފެބްރުއަރީ 2024 - 11:16
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ބެލުމަށް ސުޕްރީމް ކޯޓުން ނުރުުނު އަމުރަށް ތަބާނުވާން މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ގެނެސްފައިވާ ތިން އިސްލާހު ވެސް ބާތިލު ކޮށްދިނުމަށް އެދި މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 28ގަ އެވެ. ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ، އެ މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން އިސްލާހުތަކަށް އަމަލު ކުރުން މަޑުޖައްސާލުމަށެވެ. އެކަމާއި ގުޅިގެން މިއަދު މަޖިލީހުގައި ވަނީ އެއަމުރަށް އަމަލު ކުރާނެތޯ ނުވަތަ ނޫންތޯ ބަހުސް ކޮށްފައެވެ.
މި ބަހުސްގައި ބައިވެރި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެއަމުރަށް އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މައްސަލައިގެ ބަހުސް ނިންމައި ވޯޓަށް އެހުމުން 45 މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރުމަށް ވޯޓު ދެއްވާފައެވެ. އެ މެމްބަރުން ވިދާޅުވީ، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 މެމްބަރުން ކަމަށެވެ. އަދި ހުސްގޮނޑި އެއްވެސް ގޮތަކަށް ގުނައިގެން ނުވާނެ ކަމަށް ވިދާޅުވެ "އިއްޒަތްތެރި ހުސްގޮނޑި" އަށް ނިސްބަތްކޮށް ވާހަކަ ނުދެއްކޭނެ ކަމަށް ގިނަ މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވެސް މިއަދު ބަހުސްގެ ކުރިން ވަނީ މަޖިލީހުން އަމަލު ކުރަން ޖެހޭ ގޮތް ސުޕްރީމް ކޯޓަށް ނޭނގޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
6 ގަޑިއިރު ކުރިން

އުކުޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް
6 ގަޑިއިރު ކުރިން

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
6 ގަޑިއިރު ކުރިން

ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބިރުދެއްކި މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)