
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު
އިންތިހާބުގެ ދެވަނަ ބުރާ ގާތްވީއިރުވެސް މުވައްޒަފުން ނެގުން ނުހުއްޓުނު: މެމްބަރު މަމްދޫހު

އާމިނަތު ޝަފާ - 03 ޖުލައި 2024 - 17:57
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގާތްވީއިރުވެސް ފެނަކައަށް މުވައްޒަފުން ނެގުން ހުއްޓިފައިނުވާކަމަށް ވިދާޅުވެ އެމްޑީޕީން ފެނަކަ ސިޔާސީ ހަތިޔާރަކަށް ބޭނުންކޮށްފައިވާތީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމަދޫހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަސްލުޓީވީން ގެނެސްދޭ ދިވެހިންގެ ރާއްޖެ މެމްބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންޓްރެކްޓް މުވައްޒަފުން ގިނަ އަދަދަކަށް ނެގީ އިންތިހާބު ބޯމަތިވުމުން ސަރުކާރަށް ޖެއްސުންކުރަންކަމަށެވެ.
އެބޭފުޅުންގެ ގާތް މީހުންނަށް ސިޔާސީ ގޮތުން ގާތް މީހުންނަށް ފައިސާ ޕަމްޕްކުރަމުން ދިޔައީ. މަސައްކަތް ނުނިމެނީ ފަންޑު ދެމުން ދިޔައީ. އަޅުގަނޑުމެންނަށް ލިބުނީ ކުންފުނީގެ ތޮށިގަނޑު. ކުންފުނި ނެތް ކުރިއަރާފައިވެސް.
މި ސަރުކާރުން މި ދަނީ ކުންފުނި ނަގާ ކޮޅަށްޖެހުމުގެ މަސައްކަތް ކުރަމުން މިދަނީ. އެމްޑީޕީ ސަރުކާރަށް އެއްވެސް ކުރިއެރުމެއް ކުންފުންޏަށް ގެނެސްދެވިފައިނުވާކަމަށް މަމްދޫހު ވިދާޅުވިއެވެ. މަމްދޫހު ވިދާޅުވީ މި ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ ސަރުކާރަށްކަމަށެވެ.
ޖަނަރޭޓަރުތައް ރަނގަޅުކުރަން އޯޑަރެއްވެސް ޖަހާފައެއްނެތް. ރަށްރަށުގައި ޖަނަރޭޓަރުތައް ހިންގަމުން ދިޔައީ ފެން އަޅައިގެން. ހަގީގަތުގައި ކުންފުނި ބަގުރޫޓުކޮށްލީ އެމްޑީޕީން. މި ސަރުކާރުން މިދަނީ އިސްލާހީ ބަދަލުތައް ގެންނަމުން.
ކުންފުންނި ސިޔާސީ ވެފައިވާ މިންވަރުވެސް ޕްރޮގްރާމްގައި މެމްބަރު މަމްދޫހުވަނީ ވިދާޅުވެދެއްވާފައި.
އިންތިހާބު ބޯމަތިވެގެން އައިއިރު ފެނަކަ މުވައްޒަފުންތިބީ ދިދަ ފަހަން. މިއީ ފެނަކަ ބޭނުންކުރިގޮތް. އޮފީހަކު ކުރާނެ ކަމެއްނެތް ހަމައެކަނި އެމްޑީޕީއަށް އެހީވުން ވަޒީފާގެ މަސްއޫލިއްޔަތަކީ. މިވަރަށް ކުންފުންޏެއް ސިޔާސީ ވާނީ. 2023 ވަނަ އަހަރަކީ މިކަމުގައި އެމްޑީޕީން ރެކޯޑެއް ހެދި އަހަރެއް.
ކޮންޓްރެކްޓް އުސޫލުން އެމްޑީޕީ ސަރުކާރުގައި ނެގި އެތައް މުވައްޒަފުންނެއްގެ ކޮންޓްރެކްޓް ހަމަވުމުން މި ސަރުކާރުން އެމީހުންގެ ކޮންޓްރެކްޓު އައު ކޮށްފައެއް ނުވެއެވެ. ގަވާއިދުތަކާ ޚިލާފަށް މުވައްޒަފުން ކެނޑުމާއި މުވައްޒަފުން ވައްދަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ފެނަކައިން މިފަހުން ބުނެފައިވަނީ އެގޮތަށް ކަންކޮށްފައިނުވާނެކަމަށެވެ. ނިމިދިޔަ ސަރުކާރުން މިދިޔަ އަހަރު ފެށުނީއްސުރެ ސެޕްޓެމްބަރުމަހާއި ހަމައަށް 2105 މުވައްޒަފުން ނެގިކަމަށާއި އަދި އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެވަނަބުރާ ދެމެދު އިތުރު 122 މީހުންނަށް ވަޒީފާ ދިންކަމަށް ފެނަކައިންވަނީ ބުނެފައެވެ. އޮފީސް އިމާރާތާއި އިންޖީނުގެ ހިމެނޭހެން 61 ޕްރޮޖެކްޓް ސަރުކާރު ހަވާލުވީއިރު އޮތީ ހުއްޓިފައިކަމަށްވެސް ފެނަކައިންވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި
18 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ ފަރާތްތަކާއި މީހުން ހަމަނުވާ ފޮށިތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި
18 ގަޑިއިރު ކުރިން

ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސްގެ ރޯދަ ވީއްލުމެއް
18 ގަޑިއިރު ކުރިން

ރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުއްވައިފި
18 ގަޑިއިރު ކުރިން


.gif&w=3840&q=75)