
—-
އުނގޫފާރުގައި ކުޅެން ތިބި ކުދިންތަކެއް ފެންގަނޑަކަށް އެރުމުން ކަރަންޓު ޖެހި ހާލު ސީރިއަސް!

އަހުމަދު ޒަލީފު - 23 މޭ 2024 - 10:21
ރ. އުނގޫފާރުގައި މަގުމަތީގައި ކުޅެން ތިިބި ކުދިންތަކެއް ފެންގަނޑަކަށް އެރުމުން އެ ކުދިންނަށް ކަރަންޓު ޖެހިއްޖެއެވެ.
މަގު ބައްތިއަކުން ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކަރަންޓުގައި ޖެހުނީ ތިން ކުދިންނެވެ. އެ ތިން ކުދިންގެ ހާލު ވެސް ސީރިއަސްއެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ ކަރަންޓު ޖެހިގެން ތިން ކުޑަކުއްޖަކު އެ ހޮސްޕިޓަލަށް މިއަދު މެންދުރު ފަހު 1:40 ގައި ގެންދިޔަ ކަމަށެވެ.
އެ ހޮސްޕިޓަލަށް ގެންދިޔައީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި 8 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 12 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ފަޒީލް ވިދާޅުވިއެވެ. އެ ކުދިންގެ ހާލު ސީރިއަސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަޒީލް ވިދާޅުވީ މި ހާދިސާ ދިމާވާން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅުމުގެ ތެރޭގައި އެ ކުދިން އެރުމުން ކަމަށެވެ. އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ކަރަންޓު ފެންގަނޑަށް ފެތުރުނީ ކަމަށް ފަޒީލް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
9 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
10 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
ދުވަހެއް ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ދުވަހެއް ކުރިން


.gif&w=3840&q=75)