
—
ޝަރުޢީ ދާއިރާގެ ހުރިހާ އިދާރާތަކެއް އެއް ސިސްޓަމަކުން ގުޅާލައިފި

އަހުމަދު ޒަލީފު - 27 އޭޕްރީލު 2024 - 19:13
ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގެ އިތުރުން ޝަރުޢީ ދާއިރާއާ ގުޅުންހުރި ހުރިހާ އިދާރާއެއް ވިއުގައަކުން ގުޅާލައިދޭ އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓު ސިސްޓަމް، އައި.ސީ.އެމް.އެސް އިފްތިތާޙްކޮށްފިއެވެ.
މީރުމާ ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނެވެ.
ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީ.ޖޭ.އޭއިން ވިދާޅުވީ، މި ސިސްޓަމްގައި އާންމުންނަށް ލިބޭ އެކްސެސްގެ ތެރެއިން އެ މީހެއްގެ މައްސަލައިގެ ސްޓޭޓަސް ފެންނަން ހުންނާނެކަމަށެވެ.
މި ސިސްޓަމް މެދުވެރިކޮށް، ދައުވާ ފޯމު ހުށަހެޅުމުން ފެށިގެންގޮސް، ކޭސް ރަޖިސްޓްރޭޝަނާއި، ކޭސްއަށް ފަނޑިޔާރުން ހަމަޖެއްސުން، ކޭސް ޝެޑިއުލިން އަދި ކޯޓު އަމުރު ތައްޔާރުކޮށް ހުކުމް ކުރުންވެސް ކުރިޔަށް ގެންދެވޭނެކަމަށް ޑީ.ޖޭ.އޭއިން ވިދާޅުވިއެވެ.
އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓު ސިސްޓަމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑީޖޭއޭގެ ޗީފް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ ވިދާޅުވީ، މި ސިސްޓަމްގެ ސަބަބުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ބެކްލޮގް ވަރަށް ބޮޑަށް ދަށްވެ، ކޯޓުތަކުގެ ހިންގުން ހަރުދަނާވެ، އަވަހަށް އަދުލު އިންސާފު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"މި ސިސްޓަމަކީ ޝަރުއީ ދާއިރާގައި އަދި ބްރޯޑަރ ލީގަލް އެންޑް ޖަސްޓިސް ސެކްޓަރގައި ހިމެނޭ ހުރިހާ ސްޓޭކް ހޯލްޑަރުންނާ އެއް ވިޔުގައަކުން ގުޅާލެވި، ސްޓްރީމްލައިން ކުރުމަށްޓަކާއެޅޭ މުހިންމު މުހިންމު ފާލަމެއް." ރިޒްނާ ވިދާޅުވިއެވެ.
އަލަށް އިފްތިތާޙްކުރި އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓު ސިސްޓަމް، އައި.ސީ.އެމް.އެސް ފަރުމާކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި ޔޫއެންޑީޕީގެ އެހީތެރިކަމާއެކުކަމަށް ޑީ.ޖޭ.އޭއިން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިހާތަނަށް 1.6 މިލިއަން މީހުން އާރުޓީއެލް ހިދުމަތް ބޭނުންކޮށްފި
31 މިނިޓު ކުރިން

ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ފަށައިފި
2 ގަޑިއިރު ކުރިން

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ
3 ގަޑިއިރު ކުރިން

ނަސަންދުރަ ސަރަހައްދުގަ އޮންނަ ޖެޓީއަށް ފެރީތައް ކައިރިކުރުމަށް ހުއްދައެއް!
3 ގަޑިއިރު ކުރިން


.gif&w=3840&q=75)