
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު
40 އަހަރާ ނުބައްދަލު ދަރަނި 5 އަހަރުންވަނީ ނަގާފައި: މެމްބަރު މަމްދޫހު

އާމިނަތު ޝަފާ - 30 ޖޫން 2024 - 07:20
އެމްޑީޕީ ސަރުކާރުންވަނީ 40 އަހަރާ ނުބައްދަލު ދަރަނި އެންމެ 5 އަހަރުގެ ތެރޭގައި ނަގާފައިކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މަމްދޫހު މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ދަރަންޏާ ބެހޭ ބިލު ހުށަހެޅުއްވުމަށްފަހު އެ ބިލުގެ މަސައްކަތް އަވަސްކުރުމަށް މިއަދު އެ ބިލާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަމްދޫހުވަނީ އެމްޑީޕީ ސަރުކާރުން ނެގި 40 އަހަރާ ނުބައްދަލު ދަރަނިން އެ ސަރުކާރުގެ ވެރިންގެ ޖީބުތައް ފުރަމުން ދިޔަ ކަމަށް ތުހުމަތުކުރައްވާފައެވެ.
މިފަދަ ގާނޫނެއް ގެނައުމުގެ ފަހި ފުރުސަތު ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ވެސް އޮވެމެ މުޅި ދިވެހިރާއްޖެ ހަލާކާ ދިމާލަށް ގެންދިޔައީ ހަގީގަތުގައި ވެސް އިހުލާސްތެރިކަމެއް އެ ބޭފުޅުންގެ ނެތަތީ. އަދި ސަރުކާރުގެ އެސްއޯއީތަކުންވެސް ދިޔައީ ހައްދެއް ހުދޫދެއްނެތި ދަރަނިތައް ނަގަމުން.
މަމްދޫހު ވިދާޅުވީ ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ދަރަނި މެނޭޖްކުރުން ކަމަށެވެ.
މި ބިލުގައި ވަނީ އެ ގާނޫނަށް އަމަލުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑެޓް މެނޭޖްމެންޓް އޮފީހެއް، މާލީ ވުޒާރާގެ ދަށުން ހިންގަން ފެށުމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ، ޕްރޮފެޝަނަލް ކަމާ އެކުގައި މި އޮފީސް ހިންގަންވާނެކަމަށް ބަޔާންކޮށްފައެވެ. އަދި ސޮވެރިން ގެރެންޓީ ދޭ ގޮތްތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަނި ނެގުމުގައި އަމަލުކުރާނެ ގޮތްތަކާއި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހެދުމަށްވެސް ބިލުގައިވެއެވެ. ބިލުގައި ވަނީ ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ ރައީސްއަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ކުރިން ފާސް ކުރުން ލާޒިމުކޮށްފައެވެ. ދަރަންޏާ ބެހޭ ބިލުގެ މަސައްކަތް އަވަސްކުއިރު ސަރުކާރުންދަނީ ހަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
12 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
13 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
ދުވަހެއް ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ދުވަހެއް ކުރިން


.gif&w=3840&q=75)