
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު
އޯވަރޯލް ޑެފިސިޓް 2.6 ބިލިއަން ރުފިޔާ ދަށްކޮށްފި، މިއީ ހަރަދު ކުޑަ ސަރުކާރެއް: މެމްބަރު މަމްދޫހު

އާމިނަތު ޝަފާ - 06 ޖުލައި 2024 - 07:08
ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކާއެކު އޯވަރޯލް ޑެފިސިޓް2023 ވަނަ އަހަރަށްވުރެ 2024 ވަނަ އަހަރު 2.6 ބިލިއަން ރުފިޔާ ދަށްކުރެވިފައިވާކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މަމްދޫހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިސަރުކާރުގެ ހަރުދަނާ އިޤުތިސާދީ ސިޔާސަތުތަކާއެކު އޯވަރޯލް ޑެފިސިޓް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ހުރީ، 2023 ވަނަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު، 2.6 ބިލިއަން ރުފިޔާ ދަށްކުރެވިފައިކަމަށެވެ. 2023ވަނަ އަހަރުގެ ޖޫންމަހު އެ އަދަދު ހުރީ 5 ބިލިއަން ރުފިޔާގައިކަމަށާއި 2024ވަނަ އަހަރުގެ ޖޫންމަހު އެ އަދަދު ހުރީ 2.4 ބިލިއަން ރުފިޔާގައިކަމަށް މަމްދޫހު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ އިދިކޮޅުން ސިޔާސީ ބޭނުމަށް ކަންކަން އޮޅުވާލުމަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް، ރައީސް މުއިއްޒުގެ ސަރުކާރުގެ ހަރަދުތައް ހުރިހާ މާނައެއްގައިވެސް މާ ކުޑަކަމަށެވެ.
ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން ކުޑަކުރެއްވުމަށް ސިޔާސީ މަގާމުތައް މަދުކުރުމާއި އަދި ސަރުކާރުން ކުރާ ހޭދަ ކުޑަކުރާނެކަމަށް ރައީސް މުއިއްޒުވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ބައެއް އިދާރާތަކުންވެސް އަންނަނީ ހަރަދު ކުޑަކުރުމަށް ތަފާތު ގިނަ ކަންތައްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްފަންނުގައި “ބްރޭކްވޯޓާ ރީޕްރޮފައިލް” މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ގަޑިއިރެއް ކުރިން

ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް އަށް ހުޅުވާލައިފި
ގަޑިއިރެއް ކުރިން

ރޭސިންގ ޓްރެކް އަޅަން ބިން ހިއްކާ ސަރަޙައްދުގެ ހިމާޔަތަށް ބޭނުންވާ ބޮޑުހިލަ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
ގަޑިއިރެއް ކުރިން

ހުޅުމާލެ ފޭސް 2 ގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަޝްވަރާކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)