
މެމްބަރު ހުސައިން ޝަރީފް
ރައީސް މުއިއްޒަކީ އިސްލާމީ ލީޑަރޝިޕްގެ މިސާލެއް: މެމްބަރު ހުސައިން

އާމިނަތު ޝަފާ - 11 އޯގަސްޓު 2024 - 06:30
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އިސްލާމީ ލީޑަރޝިޕްގެ މިސާލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު ހުސައިން ޝަރީފް މިފަދައިން ވިދާޅުވީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާ ދެކޮޅަށް ރައީސް މުއިއްޒު އަޑު އުފުލައްވަމުން ގެންދަވާތީ އެކަން ފާހަގަކުރައްވައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ހުސެއިން ޝަރީފް ކުރެއްވި އެކެސް ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ އުންމަތަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ރައީސަކު ފަލަސްތީނުގެ ހައްގުގައި ބަސް ނުބުނާ ވަރަށް ދިވެހިރާއްޖޭގެ ރައީސް ފަލަސްތީނުގެ ހިމާޔަތުގައި ބަސް ބުނުއްވާ ކަމަށެވެ. އަދި ހައްދު ފަހަނަޅައިފައިވާ އަނިޔާވެރި ޔަހޫދީންގެ ސަރުކާރާ ދެކޮޅަށް ބަސްބުނުމުން ހާމަވެގެންދަނީ ދިވެހީންގެ ރައީސްގެ ހިތުގައި ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއި ދޭތެރޭވާ ހަމްދަރުދީ އާއި ލޯބި ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު މިފަދައިން ވިދާޅުވިއިރު ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާއްމާ ދެކޮޅަށް ރާއްޖެއިން އަންނަނީ އަޑު އުފުލަމުންނެވެ.
އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރެއެވެ.
ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާ އަދި އިސްރާއީލުގެ ނާއިންސާފު ޢަމަލުތަކާ އަދި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ސަރުކާރުން އަންނަނީ ގޮވާލަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ސާފުފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ!
33 މިނިޓު ކުރިން

ބީއެމްއެލް އަށް ވޭތުވެދިޔަ އަހަރު ރެކޯޑް ކުރިއެރުމެއް!
33 މިނިޓު ކުރިން

ސިފައިންނަކީ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލެވިފައިވާ ގައުމުގެ ލަޝްކަރު: ރައީސް
3 ގަޑިއިރު ކުރިން

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން އަމްޖަދު އިސްތިއުފާދީފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)