
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް
ރާއްޖޭގައި މަރުގެ އަދަބު ދޭކަށް ނުފެނޭ - މައުމޫން

އަހުމަދު ޒަލީފު - 07 ޖެނުއަރީ 2024 - 09:30
އެއްވެސް ސަބަބަކާއި ހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ނުފެންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް މައުމޫން ވަނީ އެކަމަށް އާންމުންގެ ތާޢިދު ހޯދުމަށް ވާހަކަ ދެއްކުމަކީ ތަޢުލީމީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް މައުމޫން ވަނީ މީގެ ކުރިންވެސް މަރުގެ އަދަބު ރާއްޖޭގައި ދިނުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސަތަކީ މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށް ސަރުކާރުގެ ދާޚިލީ ވަޒީރު އަލީ އިހުސާން ހާމަކުރެއްވުމުންވެސް، މަރުގެ އަދަބު ދިނުމަކީ އެއީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިއެއް ކަމަށް ދެކެވަަޑައި ނުގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އިސްލާމް ދީނުގައި މަރުގެ މަރަށް މަރު ހިފުމަކީ، ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން، ކުރަން އޮންނަ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތާރުއަޅާތީ ކާނިވާ ސަރަހައްދުން ފެރީ ޓާމިނަލާއި ހަމައަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފި
32 މިނިޓު ކުރިން

ހިރިމަރަދޫއިން ހޯރަފުއްޓަށް ހިޖުރަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފި
ގަޑިއިރެއް ކުރިން

2028ގައި މަސްވެރިންނަށް ބޭނުންވާ އެން ފޯރުކޮށްދިނުމަށް މަޝްރޫޢުއެއް!
ގަޑިއިރެއް ކުރިން

ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ގަޑިއިރެއް ކުރިން


.gif&w=3840&q=75)