
—
އީސީގެ މެމްބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ!

އަހުމަދު ޒަލީފު - 25 ޖުލައި 2023 - 09:35
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަލީ ނަޝާތުގެ ދައުރު މިއަދު ހަމަވެއްޖެއެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މެއި 29، ގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. ނަމަވެސް އެ މައްސަލައަށް ގޮތެއް ނުނިންމާ ޖޫން 22، މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން 2018 ޖުލައި 25 އިން 2023 ޖުލައި 24 ގެ ނިޔަލަށް، ކާމިޔާބުކަމާއެކު މެންބަރުކަމުގެ ދައުރު ފުރިހަމަ ކުރައްވާފައިވާތީ، މެންބަރު ނަޝާތަށް މަރުހަބާ ކިޔާކަމަށެވެ.
ނަޝާތު އެ މަގާމަށް އައްޔަނުކުރީ ޖުލައި 25، 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭނާގެ ދައުރު މިއަދަށް ހަމަވުމާއެކު ކޮމިޝަނުގައި މިހާރު ތިބޭނީ ހަތަރު މެންބަރުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
ގަޑިއިރެއް ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
2 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
19 ގަޑިއިރު ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ދުވަހެއް ކުރިން


.gif&w=3840&q=75)