logo

އަރަބިއްޔާގެ އާ އިމާރާތް ލަސްވަނީ ރައްޔިތުންގެ 80 މިލިއަން ރުފިޔާ ސަލާމަތްކުރުމުން: އެޑިއުކޭޝަން މިނިސްޓަރު

profile

އައިމިނަތު ރޫޔާ - 06 ނޮވެމްބަރު 2024 - 13:30

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު-- ފޮޓޯ: މަޖިލިސް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު-- ފޮޓޯ: މަޖިލިސް

އަރަބިއްޔާ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ފެށުން ލަސްވަނީ ރައްޔިތުންގެ 80 މިލިއަން ރުފިޔާ ސަލާމާތްކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ސްކޫލްގެ ހޯލުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ބެލުމަށް އެޑިއުކޭޝަން މިނިސްޓަރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހާޒިރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި، އަރަބިއްޔާ ސްކޫލްގެ މަސައްކަތް ގޮސްފައިވާ ހިސާބަކާ ގުޅޭ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ވައުދުވެ ވަޑައިގެންނެވި ފަދައިން ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭ އަރަބިއްޔާ ސުކޫލުގެ މަސައްކަތް ފަށަން މަސައްކަތް ކުރެއްވި ކަމަށެވެ.

ނަމަވެސް ކުރިން ސްކޫލު އެޅުމަށް ނިންމާފައި އޮތް ބާ ޖަމާލުއްދީނުގެ ބަދަލުގައި އާ ބިމެއް ހަމަޖައްސަން ޖެހުމުން އަގަށް ބަދަލުތަކެއް އައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ޕްލޭން ކުރި ގޮތަށް މަސައްކަތް ފެށުނީސް ރައްޔިތުންގެ ފައިސާއިން 80 މިލިއަން ރުފިޔާ އަގުބޮޑުކޮށް ކުރިއަށް ގެންދިޔަ ނަމަ. އެހެން ނަމަވެސް ރައްޔިތުންގެ ފައިސާއަކީ އަގުބޮޑު އެއްޗެއް." މިނިސްޓަރ

ޑރ. ޝަފީއު ވިދާޅުވީ މިހާރު ކުރީގެ ދަރުމަވަންތަ ސުކޫލުގައި ކިޔަވަމުންދާ އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނަށް އިންސާނީ ހައްގުގެގޮތުން ވެސް، ކިޔެވުމުގެ ގޮތުން ވެސް އަދި އެހެނިހެން ގޮތް ގޮތުން ވެސް ގެއްލޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.

އެހެންކަމުން މި ނިންމުމަކީ މިވަގުތަށް އެންމެ ރަނގަޅު ނިންމުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަރައްބިއްޔާ ސްކޫލު ޒަމާނީ ފެންވަރަށް އިމާރާތްކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

https://wamco.com.mv/
tel:+9607331319