
ހެލްތް މިނިސްޓަރ ޚަލީލް
ބޭނުންވަނީ ވަކި ބަޔަކުދެކެ ޖެހިލުން ނުވާ އދއެއް: މިނިސްޓަރު ޚަލީލް

ޝާމާ ޝުޢައިބު - 24 އޮކްޓޯބަރު 2024 - 08:30
ދުނިޔެއަށް މިއަދު ބޭނުންވެފައިވަނީ ވަކި ބަޔަކަށް ޖެހިލުންވުމެއް ނެތި ދުނިޔެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ސާބިތުވެ ތިބޭ އެކުވެރި ދައުލަތްތަކުގެ ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިއަދު ފާޙަގަކުރަމުންދާ ޔުނައިޓެޑް ނޭޝަންސް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދުނިޔެއަށް މިއަދު ބޭނުންވެފައިވަނީ ބުނާ ބަހާ އަމަލާ ދިމާވާ ޖަމިއްޔާއެއް ކަމަށެވެ. އެގޮތުން އެ ޖަމިއްޔާއިން ނިންމާ ކަންކަމުގަޔާއި ބުނާ ބަހުގެ އިތުބާރުހިފޭ ބަޔަކަށް ވާން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ އދ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވައި، މީހުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތައް ހުއްޓުވާ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާ ޖަމިއްޔާއަކަށް ވާން ޖެހޭ ކަމަށެވެ. އަދި ސާބިތުކަމާއެކު މިހާރު ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާ ހުއްޓުވައި، އެކަމާ ދެކޮޅަށް އަޑު އުފުލާ ބަޔަކަށް ވެސް ވާން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން އެ ޖަމިއްޔާއަކީ މީހުން ބާރުވެރިކުރުވައި، ކަންކަމުގައި ޖަވާބުދާރީވުމަށް ފަސްނުޖެހޭ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިރާޢްޖެއިން އދގެ މެމްބަރަކަށް ވީތާ މިއީ 59 ވަނަ އަހަރެއެވެ. ރާއްޖެއިން އދ އާއި ގުޅުނީ 21 ސެޕްޓެމްބަރ 1965 ވަނަ އަހަރެވެ. އެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އދ އިން ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ގޮވާލައްވައިފި
18 ގަޑިއިރު ކުރިން

ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބުލިބޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި
3 ދުވަސް ކުރިން

ޖަޕާނު ސަފީރުކަމަށް މަހްލޫފް އައްޔަނުކުރައްވައިފި
6 ދުވަސް ކުރިން

ޔޫއޭއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި
8 ދުވަސް ކުރިން


