
މެމްބަރު އަޙުމަދު އައިފާން
އެމްޑީޕީން ކުއްލި މައްސަލަތައް ހުށަހަޅަނީ ފިތުނަފަސާދަ އުފައްދަން: މެމްބަރު އައިފާން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 22 އޮކްޓޯބަރު 2024 - 06:26
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހަޅަނީ ފިތުނަފަސާދަ އުފައްދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙުމަދު އައިފާން ވިދާޅުވެއްޖެއެވެ.
މެމްބަރު އައިފާން މިފަދައިން ވިދާޅުވީ، އަސްލު ޓީވީން ގެނެސްދޭ "ބާބު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ. ހޯމަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ ޕްރޮގުރާމްގައި މެމްބަރު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހަޅަނީ މައްސަލަ ހައްލުކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި ފިތުނަފަސާދަ އުފެއްދުމުގެ މަގުސަދުގައި ކަމަށެވެ. އެ މެމްބަރުން މަސައްކަތްކުރަނީ މުޖުތަމައުގެ އަމަންއަމާންކަން ނަގާލުމަށް ކަމަށް މެމްބަރު ތުހުމަތު ކުރެއްވިއެވެ.
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ހުށަހެޅި ބިލުގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް ކުއްލި މައްސަލައެއް ހުށަހެޅުމަކީވެސް އެ މޭރުމުން ކުރި ކަމެއްގެ ގޮތުގައި މެމްބަރު ސިފަކުރެއްވިއެވެ.
"ސިޔާސީގޮތުން ނާޖާއިޒް ފައިދާތަކެއް ނެގުމަށް ކުރާ މަަސައްކަތެއް ގޮތުގައި އަޅުގަނޑަށް މިކަން ފެންނަނީ. 2008 ވަނަ އަހަރުވެސް އެމްޑީޕީން ވެރިކަމަށް އަންނަ އެންމެ ގަދަޔަށް ވިއްކީ އީވާން ނަސީމްގެ މަރުގެ މައްސަލަ. އެކަމަކު ވެރިކަމަށް އާދެވުމުން ކޮން ކަމެއްތޯ ކުރެވުނީ؟ ޢިވާން ނަސީމްގެ މަރަށް އިންސާފް ހޯދަދިނުމުގެ ނަމުގައި އެމްޑީޕީން ވެރިކަމަށް އައީ. އެކަމަކު ކުރެވުން ހަމަ އެއްވެސް ކަމެއް ނެތް" މެމްބަރު އައިފާން
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށްޓަކައި އިމިގްރޭޝަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފައިވާ ބިލުގެ މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުގެ ސަބަބުން މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ، ކުއްލި މައްސަލައެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ، ރިޔާސަތުންވަނީ މައްސަލަ ބަލައިނުގެންފައެވެ.
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަށްޓަކައި އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
އިސްރާއީލުގެ ޕާސްޕޯޓްގެ އިތުރުން އިސްރާއީލު ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓު ބޭނުންކުރާ މީހުންނަށްވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު، މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާ ކުުރުމަށް މި އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓްކުރުމުގެ ކްލިއަރެންސަށް 10 ދުވަސް ހޭދަވޭ!
ގަޑިއިރެއް ކުރިން

އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ދިވެހި ދެ ފުލުހުން!
2 ގަޑިއިރު ކުރިން

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
18 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
19 ގަޑިއިރު ކުރިން


.gif&w=3840&q=75)