logo
ރާއްޖޭގެ ދޯންޏެއް މަސްވެރިކަމުގައި

ރާއްޖޭގެ ދޯންޏެއް މަސްވެރިކަމުގައި

މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކޮށްފި

profile

އަހުމަދު ޒަލީފު - 15 ސެޕްޓެމްބަރު 2023 - 20:27

މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ނިންމައިފިއެވެ.

https://wamco.com.mv/

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބައެއް މަސްވެރިންނާއި ބައްދަލު ކުރައްވައި، އެކަމުގެ މަޝްވަރާތައް މިފްކޯއާއި ހިއްސާ ކޮށްފައިވާ ކަމަށާއި ރައީސްގެ ނިންމެވަކީ މީގެ ކުރިން 17 ރުފިޔާއަށް ގަންނަމުން ދިޔަ މަސް ކިލޯއެއް މާދަމާއިން ފެށިގެން 25 ރުފިޔާއަށް ގަތުމަށް ކަމަށް މިފްކޯގެ އެމްޑީ ފައުޒީ ވަގުތަށް ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ރައީސްގެ އެ ނިންމެވުމާއި އެއްގޮތަށް މިހާރު އެކަން މަސްވެރިންނާއި ކޮމިއުނިކޭޓް ކުރުމަށް ޑޮކިއުމެންޓްތައް ތައްޔާރު ކުރައްވަމުން ގެންދަވާ ކަމަށް އިސްމާއީލް ފައުޒީ ވިދާޅުވިއެވެ.

އިސްމާއީލް ފައުޒީ ވިދާޅުވީ، ރައީސް އެގޮތަށް ނިންމަވާފައިވަނީ ފާއިތުވި އަހަރާއި ބަލާއިރު، މި ދުވަސްކޮޅު، މަސްވެރިކަމުގެ މޫސުން ދަށްވެ، މަހަސް ނުކުންނަ ދޯނިތައް ވެސް މަދުވުމާއި އެކީ މަސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮންމެ އަހަރެއްގެ އޮގަސްޓުން ފެށިގެން އަނެއް އަހަރު އޭޕްރިލްއަށް މަސް ލިބޭ. ފާއިތުވި އަހަރުތަކުގައި ވެސް އޮގަަސްޓްގެ ފަހު ހަފްތާއިން ފެށިގެން މަސް ލިބުނު. އެހެން ނަމަވެސް ކޮންމެ ވެސް ސަބަބަކާއި ހުރެ މިފަހަރު މަސްވެރިކަން ދަށްވެ، މިފްކޯއަށް މަސް ލިބޭ ވަރު ދަށްވި. ގާތްގަނޑަށް 70 ޓަން ވެސް ނުލިބޭ ދުވަހަކަށް." އިސްމާއީލް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑު ކޮށްފައިވާއިރު، މީގެ ކުރިން މަސް ކިލޯއެއް ގަންނަމުން ދިޔައީ 17 ރުފިޔާއަށެވެ. އެ ބަދަލަކީ މިދިޔަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު ސަރުކާރުން ގެނެސްފައިވާ ބަދަލެކެވެ.

އޭރު އަގަށް ގެނައި ބަދަލާއިއެކު އައިސް އަޅާފައިވާ 1.5 ކިލޯއަށް ވުރެ ބޮޑެތި މަސް ގަންނާނީ 17 ރުފިޔާ އަށެވެ. އެސައިޒްގެ އައިސް ނާޅާ މަސް ގަންނާނީ 16 ރުފިޔާ އަށެވެ. 1.5 ކިލޯއަށް ވުރެ ކުދި އައިސް އެޅި މަސް ގަންނާނީ ނުވަ ރުފިޔާ އަށެވެ. އެސައިޒްގެ އައިސް ނާޅާ މަސް ގަންނާނީ ހަތް ރުފިޔާ އަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay