
—
ސްޕްރީމް ކޯޓުގައި ކަރަންޓް ނެތިގެން ޔާމީންގެ ޝަރީއަތް ހުއްޓިއްޖެ

އަހުމަދު ޒަލީފު - 04 އޯގަސްޓު 2023 - 09:50
ސްޕްރީމް ކޯޓުގައި ކަރަންޓް ނެތިގެން ޔާމީންގެ ޝަރީއަތް ހުއްޓިއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ހުށަހެޅި ކެންޑިޑެސީ އިލެކްޝަންކޮމިޝަނުން ބަލައިނުގަތުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށަން އޮތީ މިއަދު 14:30 ގައި ސުޕްރީމް ކޯޓުގައެވެ.
އެނގިފައިވާގޮތުން ކަރަންޓް ގޮސްފައި އޮތީ ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދާއި އެ ހިސާބު ބައެއް މަގުތަކުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމުންނެވެ. ރައީސް ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި އެހުކުމް ތަންފީޒު ކުރައްވަމުންނެވެ.
ޕީއެންސީގެ ޓިކެޓް ޑރ މުޢިއްޒު ވަނީ ކާމިޔާބު ކުރައްވާފައެވެ..
މުއިއްޒު މި ޓިކެޓް ހޯއްދަވާފައިވަނީ ޕީއެންސީ ސެނެޓުން ދެންމެ ނެގި ސިއްރު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ސިއްރު ވޯޓުން މުއިއްޒު އަށް ވަނީ ޖުމްލަ 25 ވޯޓު ލިބިފައެވެ.
މިވޯޓުގައި ޖުމްލަ 48 ސެނެޓަރުން ވަނީ ވޯޓު ލައްވާފައެވެ.
އިދިކޮޅު ޕީޕީއެމާ އެކުގައި އެއް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެން މި ތައްޔާރުވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައިފައެވެ.
މުއިއްޒު އަކީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ތެރެއިން ފާހަގަ ކޮށްލެވޭ މެމްބަރެކެވެ. މުއިއްޒު ސިޔާސީ ހަޔާތުގައި ހޯއްދެވި ބޮޑު ކާމިޔާބަކަށް ބަލާއިރު, ފާހަގަ ކޮށްލެވެނީ އެމްޑީޕީ 63 އިންސައްތައިން ބަލިކޮށް, މާލޭގެ މޭޔަރުކަން ހޯއްދެވުމެވެ.
މާލޭގެ މޭޔަރުގެ މަގާމަށް އައުމުގެ ކުރިން މުއިއްޒު ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ސަރުކާރާއި ޔާމީންގެ ފަސް އަހަރުގައި ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ފުލުހުންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މުޖުތަމަޢުގެ އާންމު މަސްލަހަތު ނެގެހެއްޓުން: އޭސީޕީ
ގަޑިއިރެއް ކުރިން

ކުޑަ ކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ޕިކަޕެއް ގައިމައްޗަށް ވެއްޓި 60 އަަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
4 ގަޑިއިރު ކުރިން
.png&w=3840&q=75)
ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)