
ފޮޓޯ؛ މިހާރު
ޝަހީދު ޙުސައިން އާދަމްގެ ބައްޕަ އަވަހާރަވެއްޖެ

އަހުމަދު ޒަލީފު - 28 އޯގަސްޓު 2023 - 09:44
ޝަހީދު ޙުސައިން އާދަމްގެ ބައްޕަ އާދަމް ހުސެން މިއަދު އަވަހާރަވެއްޖެއެވެ.
ތިނެއް ނޮވެމްބަރުގެ ބަތަލު ކުޅުދުއްފުށީ މާވާގެ، ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުގައެވެ.
ސިފައިންގެ ޚިދުމަތުގައި އުޅެނިކޮށް، އުމުރުން 19 އަހަރުގައި ހުސައިން އާދަމް ޝަހީދުވީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ބަޔަކު ނޮވެންބަރު 3, 1988ގައި ރާއްޖެ އަރައި ހިންގި އުދުވާނުގައި، ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރުމަށް ރައްދުގައި ހަމަލާ ދެމުންދަނިކޮށެވެ.
އާދަމް މުހައްމަދު އަވަހާރަވިއިރު އަނބިކަނބަލުންނާއި ހަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
ޝަހީދު ކޯޕްރަލް ހުސެއިން އާދަމް އަކީ 1988 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާ އިން ރާއްޖެ ދިފާއު ކުރުމަށް އެންމެ ފުރަތަމަ ހަމަލާދެއްވައި، އަދި އެދުވަހު ރާއްޖޭގެ މިނިވަންކަން ދިފާއު ކޮށްދިނުމުގައި އެންމެ ވަރުގަދަ އަށް މަސައްކަތް ކުރެއްވި އެދުވަހުގެ ބަޠަލެވެ.
އާދަމް މުހައްމަދު އާއި އަނބިކަނބަލުން އައިޝަތު ހަސަންގެ އަރިހަށް ވަރަށް ގިނަ މީހުން ޒިޔާރަތް ކުރައްވައެވެ. އެދެކަނބަލުންގެ އަރިހަށް ޒިޔާރަތް ކުރައްވާ މީހުންގެ ނަމާއި އެޑްރެސް އަދި ތާރީޚް ނޯޓް ކުރާ ފޮތެއް އެގޭގައި ބާއްވާފައި އޮވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިބު ރައީސް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
14 ގަޑިއިރު ކުރިން

ވީއައިއޭ އައު ޓާމިނަލް އިން ސްރީލަންކަން އެއަރލައިންސް އަށް ހިދުމަތްދޭން ފަށައިފި
14 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީ
14 ގަޑިއިރު ކުރިން

ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު އުޅެނީ 97 އިންސައްތައިގައި: ޕީޖީ ލީޑަރ ފަލާހް
14 ގަޑިއިރު ކުރިން


