logo
އީސީގެ ނައިބު ރައީސް ޙަބީބް

އީސީގެ ނައިބު ރައީސް ޙަބީބް

މަޖިލީހުގެ ހުސްވި 5 ދާއިރާގެ ބައި-އިލެކްޝަން ނޯންނާނެ - އީސީ

profile

އަހުމަދު ޒަލީފު - 18 ނޮވެމްބަރު 2023 - 14:26

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުސްވެފައިވާ ފަސް ދާއިރާގެ ބައި-އިލެކްޝަން ނޯންނާނެ ކަމަށް އިލްކެޝަން ކޮމިޝނުން ބުނެފިއެވެ.

https://wamco.com.mv/

މަޖިލީހުގެ ފަސް ދާއިރާއެއްގެ ގޮނޑިތައް މިހާރު ހުސްވެފައިވަނީ އެ ގޮނޑިތައް ތަމްސީލްކުރައްވަމުން ގެންދިޔަ މަޖިލިސް މެންބަރުން އިސްތިއުފާދެއްވުމާއި ގުޅިގެނެވެ. ގޮޑިތައް ދޫކުރެއްވި މެންބަރުން ވަނީ ރައީސް މުއިއްޒުގެ ކެބިނެޓްގެ އެކި އެކި މަގާމުތަކަށް އައްޔަން ކުރައްވާފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ މެންބަރަކު ތަމްސީލްކުރަމުންދާ ދާއިރާއަކުން ވަކިވެވަޑައިގަތުމުގެ ސަބަބުން ހުސްވާ ގޮނޑިއަކަށް، އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބުކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ގޮނޑި ހުސްވާ ތާރީހުން ފެށިގެން މަޖިލީހުގެ އިންތިހާބާއި ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮންނަ ނަމަ އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

"އެހެންކަމުން މަޖިލީހުގައި މިހާރު ހުސްވެފައިވާ ފަސް ގޮނޑިތަކަށް އަލުން މެންބަރުން އިންތިހާބު ކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތެއް ނެތް. އެހެންކަމުން އެ ގޮނޑިތަކުގެ ބައި-އިލެކްޝަނެއް ނޯންނާނެ." ހަބީބް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk