
ކްރިމިނަލް ކޯޓު
ދިވެހި އަންހެނެއްގެ މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ނަގައިދީފި

އަހުމަދު ޒަލީފު - 05 މާރިޗު 2024 - 11:02
މީގެ 11 އަހަރު ކުރިން ބުރުޒު މަގު ހަތަރު އަނގޮޅިއެއްގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އަންހެނަކު މަރުވި މައްސަލައިގައި، ފަރުވާކުޑަކޮށް ސައިކަލު ދުއްވި މީހާ، މަރުވި އަންހެން މީހާގެ އާއިލާއަށް 1,000,000ރ.ގެ މަރުގެ ދިޔައެއް ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ބުރުޒުމަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބިގެން، ސްރީލަންކާގައި ފަރުވާދެމުންދަނިކޮށް މަރުވި އަންހެން މީހާގެ މަރުގެ މައްސަލައިގައި، ޅ. ނައިފަރު، ރޭދުވާގެ، އަހުމަދު ޤައްސާމްގެ މައްޗަށް ދައުލަތުން އެންމެ ފުރަތަމަ އުފުލީ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާ އެވެ. އެހެންނަމަވެސް، ފަހުން ދައުލަތުން ވަނީ އެ ދައުވާ އަނބުރާ ގެންގޮސް، އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލައިފައެވެ.
އެ ދައުވާގައިވާ ގޮތުން ޤައްސާމް، 2013 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ 00:30 ހާއިރު ބުރުޒުމަގުން އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ބަލަންވާވަރަށް ނުބަލައި ބުރުޒުމަގާއި ބަޑިފަސްގަނޑު ހިނގުމާ ގުޅުނު ހަތަރު އަނގޮޅި ހުރަސްކުރަން އުޅުމުގެ ތެރޭގައި ބަނޑިފަސްގަނޑު ހިނގުމުން ދެކުނުން އުތުރަށް ދުއްވާފައި ގޮސް ބަނޑިފަސްގަނޑު ހިނގުމާއި ބުރުޒުމަގާ ގުޅުނު ހަތަރު އަނގޮޅި ހުރަސްކުރަނިކޮށް އެހެން ލާފައި އައި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެ ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ ނިޔާވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ޤައްސާމް ވަނީ ފުލުހުންގެ ތަހުގީގަށާއި ނައިފަރު ކޯޓުގައި ކުރިއަށްގެންދިޔަ މައްސަލައިގެ ތެރެއިންވެސް ކުށަށް އިއުތިރާފުވެ، އެކަން ހިނގީ އޭނާގެ ފަރުވާކުޑަކަމުން ކަމަށް އެއްބަސްވެފައެވެ.
އެހެންނަމަވެސް، 2017 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި ދައުވާ ކުރި މައްސަލައިގެ ތެރެއިން އޭނާ ވަނީ ކުރީގެ އިއުތިރާފު އަނބުރާ ގެންގޮސްފައެވެ. އޭނާ ދުއްވި ސައިކަލުން ޖެހި މީހަކަށް އަނިޔާވެގެން ނިޔާވިކަމަށް އެއްބަސްވި ނަމަވެސް، އެއީ އޭނާގެ އިހުމާލުން އެކަނި ހިނގި ކަމެއް ނޫން ކަމަށް ފަހުން ބުނެފައިވެއެވެ. އަދި އޭނާ ބަލަންވާ ވަރަށް ނުބަލައި ދިޔަ ކަމަށް ދައުވާގައި ބުނާތީ އެކަމާ ދެކޮޅުހެދިއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ، އޭނާ ފުލުހުންގެ ތަހުގީގުގައި އާއި ނައިފަރު ކޯޓުގެ ޝަރީއަތުގައި ވި އިއުތިރާފަށް ފަހުން ހުށަހެޅި މައްސަލައިގައިވެސް ބުރަދަން ދެވޭނެ ކަމަށެވެ. އަދި އެ މައްސަލައިގެ ސީނަށް ދިޔަ ފުލުހުންނާއި މަރުވި އަންހެން މީހާ އިން ސައިކަލު ދުއްވި މީހާގެ ބަޔާން ވެސް ހެކީގެ ގޮތުގައި ނެގިއެވެ.
ކްރިމިނިލް ކޯޓުން މިދިޔަ މަހުގެ 21 ވަނަ ދުވަހު މި މައްސަލައިގައި އިއްވި ހުކުމްގައި ބުނީ އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައި ވަނީ، ޤައްސާމް ބަލަން ވާވަރަށް ނުބަލައި ކުރި ފަރުވާކުޑަ އަމަލަކުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
-79e1aa401c2c0196006b.webp&w=3840&q=75)
ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު ފުރުމަށް ޕޯޓަލް ހުޅުވާލައިފި
7 ގަޑިއިރު ކުރިން

އެމް.އޭސީ.އެލް އަކީ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން ހޯދާފައިވާ ކުންފުންޏެއް: މިނިސްޓަރު މޫސާ ޒަމީރު
8 ގަޑިއިރު ކުރިން

ހޯމްނާސިން ކެއާގެ ހިދުމަތް ރޯދަމަހުގެ ފަހުން ފަށަނީ
8 ގަޑިއިރު ކުރިން

ބައްސާމު އިތުރު 23 އަހަރަށް ޖަލަަށް ލާން ހުކުމްކޮށްފި
9 ގަޑިއިރު ކުރިން


