
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ
އީސީގެ އެސްޖީ ހަސަން ޒަކަރިއްޔާ ކޮމިޝަންގެ މެމްބަރު ކަމަށް

ޝުރުފާ މުހައްމަދު - 01 އޭޕްރީލު 2024 - 17:34
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އެ ކޮމިޝަންގެ މިހާރުގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އީސީގެ މެމްބަރު ކަމުގެ ގޮނޑި ހުސްވީ އެ ކޮމިޝަނުގެ ނައިބުރައީސް މަގާމުގައި ހުންނެވީ އިސްމާއިލް ހަބީބްގެ ދައުރު މިދިޔަ މާޗު މަހު ހަމަވުމާއި ގުޅިގެން. އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަނު ކުރުމާ މެދު މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދި ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ އިއްވީ ފެބްރުއަރީ 20, 2024 ގައެވެ.
މިއަދުގެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާ ބޭހޭ ކޮމިޓީން މި މައްސަލަ ދިރާސާކޮށް، އެ ކޮމިޓީންވެސް ނިންމާފައި އޮތީ ހަސަން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް. މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި 39 މެމްބަރުން އީސީ މެމްބަރުކަމަށް އައްޔަނުކުރުމަށް ވޯޓު ދިން. އެކަމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއެވެ. އީސީގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ކޮމިޝަންގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
11 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
11 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
ދުވަހެއް ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ދުވަހެއް ކުރިން


.gif&w=3840&q=75)