
ވީބީ ޙަސަން
ޙަސަން ޝިޔާމްގެ ކެނޑިޑެސީ ސްޕްރީމް ކޯޓުން ބާތިލްކޮށްފި

އަހުމަދު ޒަލީފު - 28 މާރިޗު 2024 - 09:28
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑަސީ ބާތިލުކޮށްފިއެވެ.
ހަސަންގެ ކެންޑިޑަސީ ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ އެދާއިރާއަށް ވާދަކުރާ މެންބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދެވެ.
ހަސަންގެ ކެންޑިޑަސީ ބާތިލުކޮށްފައިވަނީ ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދުއެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫންއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހަސަންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި އޮތް މައްސަލައެއްގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ކޯޓުން ހުކުމް ކޮށްފައިވާކަމަށެވެ. އެހެންކަމުން ހަސަންގެ ސާބިތު ދަރަންޏެއް އޮތްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ދަރަންޏާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަސަންގެ ކިބައިގައި ހަމަނުވާ ކަމަށް ހުކުމް ކޮށްފައިވެއެވެ.
އޭޕްރިލް 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް ހަސަން ހިމެނޭ ގޮތަށް ޖުމުލަ 5 ކެންޑިޑޭޓުން ވާދަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި
15 ގަޑިއިރު ކުރިން

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
18 ގަޑިއިރު ކުރިން

ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
18 ގަޑިއިރު ކުރިން

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް
19 ގަޑިއިރު ކުރިން


.gif&w=3840&q=75)