
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް--
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ފަލަސްތީނުގެ ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

އައިމިނަތު ރޫޔާ - 15 ނޮވެމްބަރު 2024 - 12:09
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ އަހަރީ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުޞްޠަފާއަށް،، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޙަކީލް ފޮނުއްވި މެސެޖުގައި ވަނީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ އަހަރީ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި،ފަލަސްތީނުގެ ޚާރިޖީ ވަޒީރަށާއި ފަލަސްޠީނުގެ ސަރުކާރަށް އަދި ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.
ވަޒީރު ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން މިނިވަން މުސްތަގިއްލު ދަޢުލަތެއް ޤާއިމުކުރުމަށް ކުރާ މިންނެތް މަސައްކަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނޭކަމަށެވެ.
މީގެއިތުރުން ވަޒީރު ވަނީ ފަލަސްޠީނުގެ ޙައްޤުތައް ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަޤީންކަން އަރުވާފައެވެ.
ހަމައެއާއެކު ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރަމުން ގެންދާނޭކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ އަރުވާފައެވެ.
ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ޑރ މުހައްމަދު ވެސް ވަނީ އެ ގައުމުގެ ރައީސަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް އެމްއޭސީއެލް މެރިޓް އެވޯޑް 2025 ދީފި
ގަޑިއިރެއް ކުރިން

2025 ވަނަ އަހަރު ޓީޓިގެ މުއާމަލަތްތަކަށް ބޭނުންވާ ޑޮލަރަށް %50 އާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ 2024 ވަނަ އަހަރާ ބަލައިރު ބޮޑު ކުރިއެރުމެއް: ޝަރީފް
ގަޑިއިރެއް ކުރިން

ފަތުރުވެރިކަމުގެ ސިނާއަތަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް
ގަޑިއިރެއް ކުރިން

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)