
---
ހަފްތާ ބަންދުގައިވެސް މޫސުން ގޯސް!

އަހުމަދު ޒަލީފު - 30 މޭ 2024 - 14:30
ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރައްވާގޮތުގައި އެންމެ ބޮޑަށް ވައި ގަދަވާނީ އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށެވެ.
އެކި ހިސާބުތަކަށް މޫސުން ގޯސްކަމަށް ލަފާކުރައްވާފައިވާއިރު، މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކުރައްވައެވެ. އެގޮތުން، ރާޅުގެ އުސްމިނުގައި 6 ފޫޓާއި 9 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ރާއްޖެއަށް މޫސުން ރަނގަޅުވާން ފަށާނީ އަންނަ ހަފްތާއިން ފެށިގެންނެވެ. އެގޮތުން، އާދީއްތަ ދުވަހަށްފަހު ވައި މަޑުވާން ފަށާނެކަމަށް ލަފާކުރެއްވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއްވައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ، ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން، ފެން ނުވަންނާނެހެން ދޮރު ކުރިމަތީގައި ވެލިބަސްތާ ޖެހުމަށާއި، ފެނުގެ ސަބަބުން ގެއްލުންވެދާނެ ފަދަތަކެއްޗާއި ކަރަންޓުން ބޭނުންކުރާ ސާމާނު ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށްވެސް އިލްތިމާސްކުރައްވައެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސްރަކަށްވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައެވެ. އެގޮތުން، އުޅަނދުތަކުގައި ސަލާމަތީ އާލާތްތައް ހަމަކަން ޔަގީންކުރުމަށާއި މޫސުން ގޯސް ވަގުތުތަކުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރައްވައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓީއެމްއޭ މުވައްޒަފުންގެ މުސާރަ ވަގުތީގޮތުން ކުޑަކުރަން ނިންމައިފި
5 ގަޑިއިރު ކުރިން

ފުރަތަމަ ކުއާޓަރ ގައި މުދަލު ޒަކާތް %30 އިތުރު؛ 45.3 މިލިޔަން ރުފިޔާ ލިބިފައިވޭ
5 ގަޑިއިރު ކުރިން

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާދެއްވައިފި
5 ގަޑިއިރު ކުރިން

މިފްކޯގެ އެމްޑީގެ މަގާމަށް ޕީސީބީން އިސްތިއުފާ ދެއްވި އަނަސް އައްޔަނުކުރައްވައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)