logo
އީސީގެ ރައީސް ފުޢާދު

އީސީގެ ރައީސް ފުޢާދު

ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން ޖެހޭ ސަބަބެއް ނެތް: އީސީ

profile

އަހުމަދު ޒަލީފު - 25 އޭޕްރީލު 2024 - 06:36

ރ. ދުވާފަރު ދާއިރާގެ ހުރިހާ ވޯޓު ފޮށިތަކެއް އަލުން ގުނަންޖެހޭ އެއްވެސް ސަބަބެއް އަދި ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައި ދިނުމަށް އެ ދާއިރާއަށްް ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާން އެދިވަޑައިގެންފައިވީ ނަމަވެސް އެ ފޮށިތައް އަލުން ގުނަންޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް މިހާތަނަށް ބެލި ބެލުމުން ނެތް ކަމަށެވެ.

"ދުވާފަރު ފޮށިތައް އަލުން ގުނަންޖެހޭ އެއްވެސް ސަބަބެއް މިހާތަނަށް ބެލި ބެލުމުން ފެނިފައެއް ނެތް." ޒަކަރިއްޔާ ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިހާބުގެ ދުވާފަރު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓުގެ ތަފާތުން އެ ދާއިރާ ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން މުހައްމަދު އަލީއަށް ލިބިވަޑައިގަތީ 1074 ވޯޓެވެެ. އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބިވަޑައިގަތަކީ 1070 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި އުޅެނީ އެންމެ ހަތަރު ވޯޓުގެ ތަފާތެވެ.

މި އިންތިހާބުގައި އެމްޑީޕީގެ އިން ވާދަކުރި އިސްމާއީލް އަހްމަދު އަށް 579 ވޯޓު ލިބިފައިވާއިރު، ޖޭޕީގެ ކެންޑިޑޭޓް އަޒްލީން އަހްމަދު އަށް ލިބުނީ 77 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދުވާފަރު ދާއިރާއަށް 4 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އެ ދާއިރާ އަށް 3479 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރެއިން އިންތިހާބުގައި 2841 މީހުން ވަނީ ވޯޓުލާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk