
ކަރަންޓް މަސައްކަތް ކުރުން
ކަރަންޓު މަސައްކަތް ކުރާ މީހުންގެ އާ ދަފްތަރެއް އެކުލަވާލަނީ

އަހުމަދު ޒަލީފު - 06 އޮކްޓޯބަރު 2023 - 10:14
ރާއްޖޭގައި ކަރަންޓުގެ މަސައްކަތް ކުރާ މީހުންގެ އާ ދަފްތަރެއް އެކުލަވާލަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިންމައިފި އެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ކަރަންޓުގެ މަސައްކަތްކުރާ މީހުންގެ ދަފްތަރު އަޕްޑޭޓް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އޮތޯރިޓީ އުފެއްދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ކަރަންޓު މަސައްކަތް ކުރުމުގެ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މުއާމަލާތް ކުރެވޭނެ މައުލޫމާތު އައު ކުރުން ކަމަށެވެ.
އެގޮތުން މި އަހަރު މާޗް 15 ގެ ކުރިން ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ހޯދާފައިވާ ފަރާތްތަކުން އެ އޮތޯރިޓީގެ ވެބްސައިޓްގައިވާ ފޯމު ފުރިހަމަކޮށް، secretariat@ura.gov.mv އީމެއިލް އަށް އަންނަ އަހަރުގެ އޭޕްރިލްގެ ކުރިން ހުށަހެޅުމަށް ޔުޓިލިޓީ އޮތޯރިޓީން ވަނީ އެދިފަ އެވެ.
މައުލޫމާތު އާ ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަކީ މިހާރު ދާއިރާގައި މަސައްކަތް ކުރަމުން ނުދާ ފަރާތްތައް ކަމަށް ނިންމާ ލައިސަންސްތައް ބާތިލް ކުރެވޭނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
2 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
3 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
20 ގަޑިއިރު ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ދުވަހެއް ކުރިން


.gif&w=3840&q=75)