
ޤާސިމް އިބްރާހިމް
އިތުރު ޓެކްސް އެއް ނުނަގާނަން، މިހާރުގެ ޓެކްސްތައް ހާމަނައިޒް ކުރާނަން - ގާސިމް

އަހުމަދު ޒަލީފު - 03 ސެޕްޓެމްބަރު 2023 - 11:42
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އިތުރު އެއްވެސް ޓެކްސްއެއް ތައާރަފް ނުކުރައްވާނެ ކަމަށާއި، މިހާރު ހުރި ޓެކްސްތައް ހާމަނައިޒް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ސަންގު ޓިވީގެ "ރިޔާސީ ބަހުސް" ގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރިޔާސީ ދައުރެއްގައި އާމްދަނީ ހޯދަން ތަފާތު މަސައްކަތްތައް ކުރުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ.
އަދި ވަރަށް ބޮޑެތި ދަރަނިތައް އެބަ ހުރި ކަމަށާއި، 2026 ގައި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަން އެނގިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރޭ ކުރިއަށްދިޔަ ސަންގު ރިޔާސީ ބަހުސްގައި ރާއްޖޭގެ ދަރަނި މެނޭޖް ކުރުމާ ގުޅޭގޮތުން ސުވާލުކުރުމުން ޤާސިމް ވިދާޅުވެފައިވަނީ ދަރަނި ރީސްޓްރަކްޗަރ ކުރައްވާނެ ކަމަށާއި އެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހަބަށް ކުރިމަތިލެއްވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ދަހިވެތިކަމުގައި ނޫން ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި ދަރަނިން ސަލާމަތް ކުރުމުގެ ދަހިވެތިކަމުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ދަހިވެތިވެފައި މި ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު، އަދި ރާއްޖޭގައި އޮންނަންވާ ދަރަނިތަކުން ސަލާމަތް ކުރެވިފައިވާ އަމާން އޮމާން ދިވެހި ރާއްޖެއެއް ދެކެން /ބޭނުންވާތި/.".
އަދި ދުވަހެއް ދުވަހަކަށް ގައުމު އުޖާލާވެ، ބާއްޖަވެރި މުސްތަގްބަލެއް އޮންނަ ގައުމެއްގެ ގޮތުގައި ވުމަށް އެދޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގައުމާއި ދިވެހި ރައްޔިތުންނަށް އަމާން އޮމާން މުސްތަގުބަލެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލަންވެސް ހުންނެވީ ތައްޔާރަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އަޅުގަނޑު ކުރިމަތިލީ މިދެންނެވި ކަންތައްތަކުގެ އިސްލާހީ ބަދަލު ގެނެސްދޭން. 1984 ވަނަ އަހަރުންސުރެ ކުރި މަސައްކަތް ގެއްލި ހަލާކުވެ ރައްޔިތުން އަގުރު އަލިފާނަށް ވެއްޓޭތީ އެތަން ފެންނާތީ އެކަމުން ސަލާމަތްކޮށްދޭން. ރައްޔިތުންނަށް އަމާން އޮމާން މުސްތަގުބަލެއް ގެނެސްދޭން ފުރާނަ ދުއްވާލަންވެސް މިހުރީ ތައްޔާރަށް. ފަހަތަކަށް ނުޖެއްސޭނެ.- ޤާސިމް
ގުޅުން ހުރި ޙަބަރުތައް

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ބައިވެރިވާން ރާއްޖޭގެ ޒުވާން ޤައުމީ ޓީޓީ ޓީމު ފުރައިފި
19 ގަޑިއިރު ކުރިން

އާރުޓީއެލް ފެރީގެ ޙިދުމަތް ދެމަހުގެ ތެރޭގައި މުޅި ރާއްޖެއަށް!
ދުވަހެއް ކުރިން

ވޯޓުގެ ނަތީޖާއާއެކު އެމްޑީޕީން ކުރި ހޯދިޔަސް އެކުގައި މަސައްކަތް ކުރާނަން: އާދަމް ޝަރީފް
ދުވަހެއް ކުރިން

ރައްޔިތުން ބޭނުންވާނެ ގޮތަކަށް ސަރުކާރުގެ ސިޔާޔަތު އޮންނަން ވާނެ: ރައީސް ސާލިޙް
ދުވަހެއް ކުރިން


.gif&w=3840&q=75)