
—
ބޮޑެތި މައްސަލަތަކުގެ މީހުން ކޯޓުން ދޫވާ ސަބަބު ބަލަން ހާއްސަ ކޮމެޓީއެއް!!

އަހުމަދު ޒަލީފު - 21 ޑިސެމްބަރު 2023 - 05:07
ޖިނާޢި ބޮޑެތި މައްސަލަ ތަކުގައި ކޯޓުން މީހުން ދޫވެގެންދާ މައްސަލަ އޮޑިޓް ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ހާމަ ކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ، އެފަދަ މައްސަލަތަކުގައި މީހުން ދޫވާ ސަބަބު ދެނެގަތުމަށް އޮޑިޓް ކުރުމަށް ހާއްސަ ކޮމެޓީއެއް އުފައްދާވާފައި ކަމަށެވެ. މިގޮތުން އެކުލާވާލި ކޮމެޓީގައި ހިމެނެނީ ޕީޖީ އޮފީހާއި، ފުލުހުންނާއި އަދި ހޯމް މިނިސްޓްރީ އެވެ.
މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތާ އެކި އިދާރާތަކާއި ގުޅިގެން މިފަދަ ސަބަބުތައް ދެނެގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށެވެ.
"ކުރިއަށް އޮތްތާ އަޅުގަނޑުމެން ކުރާ ތަހުޤީޤުގައިވެސް އަދި އަޅުގަނޑުމެން ޕީޖީ އޮފީހާއެކު ކުރާ މަސައްކަތުގައިވެސް އަދި ތަހުޤީޤުގެ އެއެކި މަރުހަލާގައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަކޮށް މިގޮތަށް އިދާރީ ކަންތައްތަކުގައި އަދި އެހެނިހެން ސަބަބުތަކާއި ގުޅިގެން އަޅުގަނޑުމެންގެ އަތް ދަށުން ދޫވެގެންދާ ބޮޑެތި ކުއްތައް ކުރާ މީހުން ދޫވެގެން ނުދާ ގޮތަކަށް ކަންތައް ކުރުމަށް އަޅުގަނޑުމެން މިމަސައްކަތް ކުރަން މިހާރު " އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، މަސްތުވާ ތަކެތީގެ ބޮޑެތި މައްސަލަތާކާއި މާރާމާރީ އަދި ޖިނާޢީ އެހެނިހެން ބޮޑެތި ކުއްތަށް ކޮށްފައިވާ ފަރާތްތައް ކޯޓު މަރުހަލާ ތެރެއިން ދޫވެގެން ދެއެވެ. މިހެން ދޫވެގެންދާ ފަރާތްތައް އަނބުރާ ކުށުގެ ވެއްޓަށް ނުކުމެ އިތުރު ކުއްތަކަށް އަރައިގަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މިއީ ގިނަ ރައްޔިތުންގެ ވެސް ކަންބޮޑުވުން އޮތް ކަމެކެވެ.
މީގެ އިތުރުން ކުއްކުރާ ފަރާތްތައް ކްލެމެންސީގެ ދަށުންވެސް ދޫވެގެންދާކަން ފާހަގަކޮށް އެ ނިޒާމުވެސް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ތެރޭގައިވެސް މި ނިޒާމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ދޫވިއިރު، އައްޑޫގައި މިދޭ ތެރޭ ހިންގި މާރާމާރީތަކުގެި މިގޮތަށް ދޫވި ދެ ފަރާތެއް ހިމެނޭ ކަން މިނިސްޓަރ އިހުސާން ފާހަގަ ކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ލަސްވެގެން 2027 ގެ ކުރީކޮޅު މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫޢު ފެށޭނެ: ރައީސް
2 ގަޑިއިރު ކުރިން
ހުޅުމާލޭ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ!
3 ގަޑިއިރު ކުރިން

އިސްލާމް ދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވޭ: ޚުޠުބާ
3 ގަޑިއިރު ކުރިން

ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)