
އައްޑޫގެ ހަންކެނޑެ ބުރިޖު
އައްޑޫގެ ކަރަންޓު ކެނޑެނީ މަގު ހަދާއިރު ކޭބަލަށް ގެއްލުންވާތީ: ފެނަކަ

ޝުރުފާ މުހައްމަދު - 24 ޖުލައި 2024 - 14:58
އްޑޫ ސިޓީގެ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން ބައެއް ކޭބަލްތަކަށް ގެއްލުންވާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫ ސިޓީގައި ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑި އެކަމުގެ ދަތިތައް ރައްޔިތުންނަށް ފޯރާފައިވާތީ އެކަމާ ގުޅޭގޮތުން ބުދަ ދުވަހުގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެކަމާ ގުޅޭގޮތުން ފެނަކައިން، ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައިގަނޑު މައްސަލަ އަކީ އެ ސިޓީ އަށް ބޭނުންވާ ވަރަށް ކަރަންޓު އުފައްދާނެ ކެޕޭސިޓީ ނެތުން ކަމަށެވެ. އަދި މިހާރު ކަރަންޓު ކެނޑެން މެދުވެރިވަނީ އައްޑޫގައި މަގު ހެދުމުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ އަތުން އެޗްވީ ކޭބަލާއި ނެޓްވޯކަށް ތަކުރާރުކޮށް ގެއްލުންވާތީ ކަމަށް ފެނަކައިން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ އެންމެ ފުރަތަމަ އެފްކޮންސް އަތުން ކޭބަލް ހަލާކުވީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. އޭރު ތަދޫ ޕީސީއެސްއާ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނުކަން ފެނަކައިން ފާހަގަކުރި އެވެ.
އޭގެ ފަހުން އެ ސިޓީން ކަރަންޓު ކެނޑުނީ އިއްޔެކަން ފާހަގަކޮށް ފެނަކައިން ބުނީ އިއްޔެ ދިމާވި މައްސަލައަކީ އޭގެ ފަހުން ނެޓްވޯކަށް ދިމާވާން ފެށި މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ތަކުރާރު ވެދާނެ ކަމަށް ވެސް ބުނި. އެހެންވެއެކަން ހައްލު ކުރަން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފެނަކައިން ދިނެވެ.
އެ ކުންފުނިން ބުނީ އައްޑޫގެ ޖެނެރޭޓަރު މަރާމާތު ކުރުމަށް ސްޕެއާ ޕާޓު ހޯދުމާއި 1.6 ވެގަވޯލްޓުގެ އާ ޖެނެރޭޓަރެއް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ޑރ މުއިއްޒުގެ އެންމެ އިސް އެއް ސިޔާސަތަކީ ރައްޔިތުންނަށް ދަތިވާ މައްސަލަތައް ހައްލުކޮށްދެއްވުން: މިނިސްޓަރ އަމީން
2 ގަޑިއިރު ކުރިން

500 މިލިއަން ޑޮލަރުގެ ސުކޫކު ސަރުކާރުން ދެއްކުމުން ގާސިމް ޝުކުރު އަދާކުރައްވައިފި
4 ގަޑިއިރު ކުރިން

އުކުޅުވަޅު ހުޅުގެ ކަށިތަކަށް ފަރުވާދޭ ސާޖަރީގެ ފަހުގެ ޓެކްނޮލޮޖީ އައިޖީއެމްއެޗުގައި ގާއިމްކޮށްފި
4 ގަޑިއިރު ކުރިން

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އައިސީޑީ އަދި ޕާމަނަންޓް ޕޭސްމޭކަރު ހަރުކުރުމުގެ ހިދުމަތް ފަށައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)