
ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް
ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އިންޑޮނޭޝިއާއަށް ފުރާވަޑައިގެންފި

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 14:38
އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް (އޭ.ޕީ.އާރު.އެފް.އެޗް.އީ) ގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުމާއި، 12 ވަނަ ހައި ލެވެލް އޮފިޝަލްސް މީޓިން (އެޗް.އެލް.އޯއެ.މް) ގައި ބައިވެރިވަޑައިގަތުމަށް މިނިސްޓަރ އޮފް ހެލްތު ޑރ. އަބުދުﷲ ޚަލީލް އިންޑޮނޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
ހެލްތު މިނިސްޓަރ ޑރ. އަބުދުﷲ ޚަލީލް، މާދަމައިން ފެށިގެން މި މަހުގެ 26 އަށް އިންޑޮނޭޝިއާގެ ޖަކާޓާއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ބައްދަލުކުރައްވައި، އެކިއެކި ޞިއްހީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޚާއްޞަކޮށް ޕްރައިމަރީ ހެލްތްކެއާ، އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން، ހެލްތު އިންފޮމޭޝަން ސިސްޓަމްތަކާއި، ސިއްހީ ހިދުމަތްތަކުގައި ޑިޖިޓަލް ޓޫލްސް ބޭނުންކުރުން ފަދަ ދާއިރާތަކާއި ގުޅޭ ކަންކަން ބައްލަވާ މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައިކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަދި އެގައުމުގައި މިފަދަ ކަންކަން ކުރަމުން އަންނަގޮތް ބައްލަވައި، އެ ޤައުމުގެ ތަޖުރިބާގެ މައްޗަށް، ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ހަރުދާނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް ފޯރަމްގެ އަމާޒަކީ މެމްބަރު ގައުމުތަކުން ނޭޝަނަލް އެންވަޔަރަންމަންޓަލް ހެލްތު އެކްޝަން ޕްލޭންތައް ތަންފީޒު ކުރުމަށް ހިތްވަރު ދިނުމެވެ.
ރާއްޖެއިން މި ފޯރަމްގައި ބައިވެރިވުމުން ފަންނީ ތަޖުރިބާއާއި އެކި އެކި ވަސީލަތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ ސިއްހީ ފަރުވާއާއި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމުގައި މެމްބަރު ޤައުމުތަކުން އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓަރ ގެ މި ދަތުރުފުޅުގެ އެކި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި އިންޑޮނޭޝިއާ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އައިއޫއެމްގެ 46 ވަނަ އަހަރީ ދުވަހުގެމުނާޞަބަތުގައި ލީގަލް ކްލިނިކެއް ހުޅުވަނީ
5 ގަޑިއިރު ކުރިން

ބަންދު ދުވަހެއް ނަމަވެސް، ކާބޯތަކެތި ބޭލުމުގެ މަސައްކަތްތައް ދަނީ ކުރިއަށް: އެމްޕީއެލް
7 ގަޑިއިރު ކުރިން

ކޯޓް އަމުރަކާ ހިލާފުވި މީހަކު ހިތަދޫން ހައްޔަރަށް!
9 ގަޑިއިރު ކުރިން

ޕީޢެންސީ އިން ކޮންމެ ފަހަރަކު މިޖެހެނީ އެމްޑީޕީ އިން ހޭވި ހަޑި ފިލުވަން: ޝުޖާއު
9 ގަޑިއިރު ކުރިން


.gif&w=3840&q=75)