
އެޑިއުކޭޝަން މިނިސްޓަރ
ހުޅުމާލެއަށް މިހާރުވެސް އިތުރު 6 ސްކޫލް ބޭނުންވޭ: އެޑިއުކޭޝަން މިނިސްޓަރ

އަހުމަދު ޒަލީފު - 19 މާރިޗު 2024 - 14:09
ހުޅުމާލޭގެ ދެ ފިޔަވައްސަށް އަދި އިތުރު ސްކޫލުތައް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ކޭޓާކުރެވޭ ވަރަށް އަދި އިތުރު ކިތައް ސްކޫލު އަޅަންޖެހޭތޯ އަދި އެ ކަމުގެ ޕްލޭންއަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އާބާދީ އިތުރުވަމުންދާ ކަމަށާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުންނަނީ އެންމެ ސްކޫލެއް ކަމަށެވެ. އެހެންވެ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު 6 ސްކޫލެއް ބޭނުންވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
"ދެވަނަ ފިޔަވަހީގެ ސްކޫލްތަކުގެ އަދަދަށް ބަލާލާއިރުގައި އަޅުގަނޑުމެންނަށް ބެލެވެނީ ވަރަށް އަވަހަށް ބޭނުންވާނެކަން 4 ވަރަކަށް ސްކޫލް. އެއީ އާރުސީސީން މިއަޅާ ސްކޫލްތައް ނިންމުމާއެކުވެސް އިތުުރު އަދި 4 ސްކޫލް އަޅުގަނޑުމެން ބޭނުންވާނެ. އަދި މަދުވެގެން 2 ސްކޫލް އަޅުގަނޑުމެން ބޭނުންވޭ ފޭސް 1 އަށް ވެސް." ޝަފީއު ވިދާޅުވިއެވެ.
އާބާދީ އިތުރުވަމުން އަންނާތީ ބާރުބޮޑުވެ، ކުރިއަށް އޮތް ދިރާސީ އާ އަހަރާއެކު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސްކޫލްގައި ދެ ދަންފަޅިއަށް ކިޔަވައިދިނުމަށް ނިންމީ ހިތަށް ފަސޭހަވެގެން ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރީ އެ ސްކޫލުގައި ކިޔަވާ ކުދިން ގިނަވުމުގެ ސަބަބުން އެކުދިންނަށް ތައުލީމުގެ ޔަޤީންކަން ކަށަވަރުކުރުމަށް އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
އެހެންނަމަވެސް އެކަމުން ތައުލީމީ ފެންވަރު ރަނގަޅުވެ، ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދޭން ފަސޭހަވެގެން ދާނެ ކަމަށް ޝަފީއު ވަނީ ވިދާޅުވެފައެވެ. ތައުލީމުގެ ކަށަވަރުކަން ޔަގީންކުރުމަށް އާރްސީސީން މިހާރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅަމުން އަންނަ ސްކޫލުގެ އިތުރުން މަދުވެގެން ހަތަރު ސްކޫލު ބޭނުންވާނެ ކަމަށާއި ފުރަތަމަ ފިޔަވައްސަށް އިތުރު ދެ ސްކޫލު ބޭނުންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މެމްބަރުންގެ ރިކޯލް ވޯޓެއް ނެގުމުގެ ފުރުސަތު ދިނުމަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެންދާނެ ކަމެއް: ރައީސް
16 މިނިޓު ކުރިން
ހުޅުމާލޭ ފޭސް 1 ގައި "ސްޕޯޓްސް ޕާކް" ގެ މަސައްކަތް ފަށައިފި
17 މިނިޓު ކުރިން
ކުދިވިޔަފާރިތަކަށް ލޯނުދޭ ސްކީމެއް!
18 މިނިޓު ކުރިން

ފުލުހުންގެ ޙިދުމަތަށް 93 އަހަރު!
ދުވަހެއް ކުރިން


.gif&w=3840&q=75)