logo
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު

ރައީސް ވަކިކުރުމާ ގުޅޭ އިސްލާހަށް އަމަލުކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

profile

އަހުމަދު ޒަލީފު - 08 ފެބްރުއަރީ 2024 - 12:00

އީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

https://wamco.com.mv/

އެ އަމުރު ނެރުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަޣުލަބިއްޔަތުންނެވެ.

މަޖިލިހުގެ ގަވައިދުގައި ކުރިން އޮތް ގޮތުން އަދި ގާނޫނުއަސާސީގައި މިހާރު ވެސް އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެމްބަރުންނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ރައީސާއި ނައިބު ރައީސް ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުގުނާ ގޮތަށެވެ.

އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުންނެވެ. އެ އިސްލާހަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދޭން އެދުމުން އެ އަމުރު ނެރުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަޣުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްގެއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު އަމުރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ)، އަދި (ވ) އަށް ގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް އަމަލުނުކުރުމަށެވެ.

ހިޔާލު ތަފާތުވި ރައުޔުގައި ބުނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެން ޖެހޭ ތަނެއް ނެތް ކަމަށެވެ. އެއީ ޖުމްލަ މެމްބަރުންގެ އަދަދު ފާސްވާން ޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް މިވަގުތު ނެތް ކަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށާއި އެފަދަ އެއްވެސް ހެއްކެއް ވެސް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް ބުނެފައިވެއެވެ. އެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅީ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.

އިތުރު ތަފްސީލް އަންނަނީ..

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk