
ވަޒީރު ޑރ. ޝަހީމް، ޙަރަމްފުޅުގެ ފަތުވާ ކައުންސިލްގެ މެމްބަރު ޑރ. ހަމްދާންއާ ބައްދަލުކުރައްވައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 24 އޯގަސްޓު 2024 - 05:57
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރާއްޖެއަށް ވަޑައިގެންނެވި ޙަރަމްފުޅުގެ ފަތުވާ ކައުންސިލް މެމްބަރު އަލްއުސްތާޛު ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝެއިޚް މުޙައްމަދު ލަޠީފްއާއި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމްވަނީ، ވަޒީރުގެ ދަޢުވަތު ޤަބޫލުކުރައްވާ އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމްވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކަންކަން ކުރިއަށްދާ ގޮތް އެމަނިކުފާނާއި ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.
ޑރ. ހަމްދާން ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް ވެސް ޒިޔާރަތް ކުރައްވައިފައެވެ.
ބުރާސްފަތި ދުވަހު ކުރެއްވި މި ޒިޔާރަތުގައި ޤައުމީ ޔުނިވާސިޓީގެ ބައެެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ، ޔުނިވާސިޓީގެ ކަންކަން ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުގެ ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި
5 ގަޑިއިރު ކުރިން

ކުޅުދުއްފުށި ސިޓީގައި ގެނބިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ
5 ގަޑިއިރު ކުރިން
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 6،093 މީހުންނަށް ލިބގެންވޭ: އީސީ
6 ގަޑިއިރު ކުރިން

ރާއްޖެ އިން އާޖެންޓީނާގެ ނޮންރެސިޑެންޓް ސަފީރުކަމަށް ޑރ އަލީ ނަސީރު މުހައްމަދު އައްޔަނުކުރަން ފާސްކޮށްފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)