ރާއްޖެ އާއި އިންޑިއާއާއި ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުފުޅުގެ ތެރެއިން މިއަދު އެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ރަސްމީ ބައްދަލުވުންތައް ބާއްވާފައިވެ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ:
- ކޯޕަރޭޝަން ބިޓުވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާއި ރާޝްތްރިޔާ ރަކްޝާ ޔުނިވަރސިޓީއާ ދެމެދު ސޮއިކުރި އެމްއޯޔޫ
- ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު ސޮއިކުރި އެމްއޯޔޫ
- ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ ދެމެދު ސޮއިކުރި އެމްއޯޔޫ
- މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒްއާ ދެމެދު ސޮއިކުރި އެމްއޯޔޫ
މި އެއްބަސްވުންތަކުގެ އިތުރަށް މަނީ ސްވެޕް އެގްރީމަންޓެއްގައި ވެސް ރާއްޖެ އާއި އިންޑިއާއާއި ދެމެދު ސޮއިކޮށްފައިވެ އެވެ.