
ކަނޑުތައް ވަރަށް ގަދަ
މޫސުން ވަރަށް ގޯސް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީންދޫ ސަމާލު ނެރެފި

އަހުމަދު ޒަލީފު - 17 މޭ 2024 - 09:10
މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ މެޓް އިން ރީންދޫ ސަމާލު ނެރެފިއެވެ.
މެޓް އިން ރީންދޫ ސަމާލު ނެރިފައިވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެއީ މިއަދު 10:00 އިން ފެށިގެން 14:30އާ ހިސާބަށެވެ.
ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކުރިއަށް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މެޓްއިން ލަފާކޮށްފަައިވެއެވެ.
މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް ކޮންސްޓަރަކްޝަން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިދިޔަ ހަފްތާގައި ބައި މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފި
2 ގަޑިއިރު ކުރިން

ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
2 ގަޑިއިރު ކުރިން

އަތޮޅު ކައުންސިލް އިއާދަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ދުވަހެއް ކުރިން

އެންސްޕާގެ ސީއީއޯ އަކަށް ސްޓޭޓް މިނިސްޓަރު ޝިރުނާ ހަމަޖައްސަވައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)