
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ---
ރައީސް އަވަހާރަކޮށްލަން ވާހަކަދެއްކުމަކީ ނުރައްކާތެރި ކަމެއް: މެމްބަރު އިބްރާހިމް ދީދި

އައިމިނަތު ރޫޔާ - 10 ޑިސެމްބަރު 2024 - 07:08
އެމްޑީޕީއަށް ހަޖަމު ނުވިއަސް ބޮޑުވަރު ކަމަށާއި ރައީސް އަވަހަރާކޮށްލަން ވާހަކަ ދެއްކުމަކީ ނުރައްކާތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ނިސްބަތް ކުރައްވައި، އެމަނިކުފާނަށް ހަދަންޖެހޭނީ "އަމީން އަށް ހެދިގޮތް" ކަމަށް އެމްޑީޕީން ބުނުމުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
މެންބަރު ވިދާޅުވީ އެމްޑީޕީން މީގެކުރިން ވެސް ވަނީ ގާނޫނު އަސާސީގެ ދިފާއުގައޭ ބުނެ، ގާނޫނަށް ފައިން އަރައި، ގާނޫނުއަސާސީގެ މަތީގައި ތިބެ، ގާނޫނު މުގުރައި، މުޅި ގައުމުގައި ހުޅުޖަހައި ރޯކޮށްފައި ކަމަށެވެ
މެންބަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކޮށްފައިވާ ރައީސުލްޖުމުހުރިއްޔާ އެމަނިކުފާނުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާއެކު އަދާކުރައްވަމުން ގެންދަވަނިކޮށް އެއްވެސް ކަހަލަ ހުއްޖަތެއް ނެތި މަގުމައްޗަށް މީހުން އެއްކޮށް، މާލޭގެ މަގުމަތިން މީހުން މަދުވެދާނެތީވެ، ރާއްޖޭގެ އަތޮޅުތަކުން މީހުން ގެންނަން ގޮވައި، ޕޯޑިއަމްތަކުގައި ފާޅުގައި ރައީސް އަވަހާރަކޮށްލަން ހަމަލާދޭން ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް، އެމްޑީޕީން މިފަދަ އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ.
" އަޅުގަނޑު މިކަން ވަރަށް ބޮޑަށް ކުށްވެރިކުރަން. މީގެކުރިން ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފަނޑިޔާރުގެ ގެތަކުގައި ރޯކޮށް ހުޅުޖަހާލީވެސް މިގޮތަށް ގާނޫނުއަސާސީގެ ދިފާއުގައޭކިޔާ ނިކުމެ. އެހެންވީމަ އަޅުގަނޑުމެން ބަލަހައްޓައިގެން ތިބޭކަށް ނުޖެހޭ. ރާއްޖޭގެ ކަމާ ބެހޭ ހުރިހާ ވުޒާރާއަކަށާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުގައި މަސައްކަތް ކުރައްވާ މެންބަރުންނަށް އަޅުގަނޑު ގޮވާލަން މިމިއްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި މިއަދުން މިއަދަށް އެބޭފުޅުން ޖަވާބުދާރީ ކުރުވައި، ކަމާ ބެހޭ ފަރާތްތަކުން ތަހުގީގުކޮށް، އެބޭފުޅުންނަށް ދޭން ޖެހޭ ހައްގު އަދަބު ދިނުން." މެންބަރު އިބްރާހިމް ދީދީ
މެންބަރު ވިދާޅުވީ އެއީ ކުށެއް ކަމަށާއި މީހުންނަށް އަނިޔާކުރުމާއި މާރާމާރީ ހިންގުމާއި ރާއްޖޭގައި ނޭދެވޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އަދި ރާއްޖޭގެ އިގްތިސާދު ފުނޑާލުމަށް މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
މެންބަރު ވަނީ އެފަދަ އަމަލުތައް ހިންގާ މީހުންނާއި، އެކަންކަން ކުރުމަށް ހިތްވަރުދޭ ޕާޓީތަކަށް ވެސް ފިޔަވަޅުއެޅުމަށް ގޮވާލައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
13 ގަޑިއިރު ކުރިން

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމެނީ: އެމްޓީސީސީ
13 ގަޑިއިރު ކުރިން

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
13 ގަޑިއިރު ކުރިން

ރެފަރެންޑަމް ވޯޓާއި ގުޅިގެން ސަރުކާރުން އަމަލުކުރަމުންދިޔައީ ގާނޫނާއި އެއްގޮތަށް: އޭޖީ އޮފީސް
16 ގަޑިއިރު ކުރިން


.gif&w=3840&q=75)