
ގާސިމް އިބްރާހިމް އަށް ރިޔާސީ ޓިކެޓް އަރުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން:- އަސްލު ފޮޓޯ | އަހުމަދު ޝުރާއު
ފަތުރަމުންދާ ކްލިޕްތަކަކީ ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ ދަށުދަރައިޖެ ޢަމަލެއް: ރައްޔިތުން ސަމާލުވެލައްވާ: ގާސިމް

އައިޝަތު އިނާޝާ - 20 ނޮވެމްބަރު 2024 - 07:08
ފަތުރަމުންދާ އޯޑިއޯ ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލާ، ޒަމާނީ ކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށުދަރައިޖެ ޢަމަލުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ސޯޝަލް މީޑިއާގެ އެކިމަންސަތަކުގައި، ޚާއްޞަ ކޮށް ޓިކްޓޮކް، އިންސްޓަރގްރާމް އަދި ފޭސްބުކްގައި އެބޭފުޅާގެ ފޮޓޯއާއި، ވީޑިއޯ ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި ތައްޔާރުކޮށް އެކިކަހަލަ އޮފްޝޯ ޓްރޭޑް ކުރުމަށާއި، އިންވެސްޓްކޮށް އަވަހަށް ނަފާ ލިބޭނެ ފަދަ މާލީ މުޢާމަލާތްތަކުގެ ދިވެހީންނަށް ފުރުޞަތު ހޯދައިދޭކަމަށް ދައްކުވައިދީ، އަދި ރާއްޖޭގެ ޤައުމީ ބޭންކް މެދުވެރިވެ މި ސްކީމުގެ ފައިދާލިބޭނޭ ގޮތް ހަމަޖެހޭނޭމަށް ބަޔާން ކޮށް، ގާސިމްގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލާ، ޒަމާނީ ކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށުދަރައިޖެ ޢަމަލުތަކެއް ކަމަށެވެ.
އެހެން ކަމުން މިފަދަ އެއްވެސް ބާވަތެއްގެ ސްކޭމެއްގައި، ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ޖެހިވަޑައިނުގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ : ގާސިމް
ގާސިމް ވަނީ އެއްވެސް ބޭފުޅަކު މިފަދައިން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތައްޔާރުކޮށްފައި ހުންނަ ހަޤީޤަތެއް ނެތް ވީޑިއޯ ކްލިޕް ފަދަ ތަކެތި ސޯޝަލް މީޑިއާ ގެ އެކި މަންސަތަކާއި، އެކި ވައިބަރ ގްރޫޕްތަކާއި، ވަޓްސްއެޕް ގްރޫޕްތަކުގައި، ޝެއަރކޮށް ހެދުމުން ދުރުވެވަޑައިގަތުމަށް އެދިވަޑައިގަންނަވާފައެވެ.
އަދި މިފަދަ ބައެއް ވީޑިއޯ ތަކަކީ ހަޤީޤަތެއް ކަމަށް ހީކޮށް ބައެއްފަރާތްތަކުން އެއީ ތެދު ތޯ ބަލާލަން ، ބައެއް ފަހަރު އެފަދަ ކްލިޕްތައް ފޮނުވަމުންދާތީ އެންމެހާ ރައްޔިތުން ސަމާލުވުމަށް ގާސިމް ވަނީ އެދިވަޑައިގަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ރޯދައިގެ ކުރިން އަލުން ހުޅުވަނީ
ގަޑިއިރެއް ކުރިން

އަލިފާނުން ރައްކާތެރިވާން ދަސްކޮށްދޭ " ފަޔަރ ޕްރިވެންޝަން ވީކް" ފަށައިފި
ގަޑިއިރެއް ކުރިން

ހުޅުމާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
2 ގަޑިއިރު ކުރިން

ލޯކަލް ކައުންސިލަށް ކުރިމަތި ލުމުގެ މުއްދަތު މާދާމާ ހަމަވަނީ
13 ގަޑިއިރު ކުރިން


