
----
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގޯތިތަކަށް އަރާފައިވާ ފެނާއި ކަރަންޓުގެ ނެޓްވޯކުތައް ބަދަލުކުރަން ފަށައިފި

އަހުމަދު ޒަލީފު - 27 މާރިޗު 2024 - 11:44
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާގެ ވިއުގަތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އެޗްޑީސީން އިއްޔެ ފަށައިފި އެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ފެނާއި ނަރުދަމާގެ ހޮޅިތަކަށް އަރައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ގާތްގަނޑަކަށް 200 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެގޮތުން، ފެނާއި ނަރުދަމާގެ ވިއުގައަށް އަރާ ގޮތަށް ދޫކޮށްފައިވާ ޕްލޮޓްތައް ދިނުން އަވަސް ކުރުމަށް، އެސަރަހައްދުގައި އަޅާފައިވާ ވިއުގަ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އިއްޔެ އެޗްޑީސީން ވަނީ ފަށާފަ އެވެ.
އިއްޔެ ފެށީ، ބިންތައް ކޮނެގެން ކުރަން ޖެހޭ މަސައްކަތްތައް ނަމަވެސް ތާރުގަނޑު ކަނޑައިގެން ކުރަންޖެހޭ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ހިލޭ ބިން ދޫކުރީ ހުޅުމާލެއާއި ގިރާވަރުފަޅު އަދި ގުޅީފަޅުންނެވެ. އެގޮތުން، ހުޅުމާލެއިން 1351 ގޯއްޗާއި ގުޅީފަޅުން 2219 ގޯއްޗާއި ގިރާވަރުފަޅުން 5433 ގޯތި ދޫކޮށްފައިވެއެވެ.
ހުޅުމާލޭގެ ބައެއް ބިންތައް ޔުޓިލިޓީ ނެޓްވޯކުތަކަށް އަރާގޮތަށް ދީފައި ހުރުމުގެ އިތުރުން، ބޭނުންކުރާ ބިންތަކުން ވެސް ގޯތި ދީފައި ހުރި ކަމަށްވެސް ފަޒުލް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު އެޗްޑީސީގެ ފަރާތުން އެތަންތަން ވަނީ ނަގާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުތަކާއި ގުޅޭ ކަންބޮޑުވުން އެމްޑީޕީ އިން އީސީ އާއި ހިއްސާކޮށްފި
2 ގަޑިއިރު ކުރިން

މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި
2 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ތާށިކަމެއް ނެތް، ރައީސްގެ އަމާޒަކީ ތެލުގެ އަގުބޮޑުވިޔަ ނުދިނުން: ވަޒީރު ޒަމީރު
5 ގަޑިއިރު ކުރިން

ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)